ads
މިދިޔަ އަހަރު މާފަރު އެއާޕޯޓަށް ރެކޯޑް އަދަދަކަށް ޕްރައިވެޓް ޖެޓް ޖެއްސި
ފާއިތުވި 2023 ‏ވަނަ އަހަރުތެރޭގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ރެކޯޑު އަދަދަކަށް ޕްރައިވެޓް ޖެޓް ޖައްސާފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފި އެވެ.

އައިލެންޑު އޭވިއޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގަ މިދިޔަ އަހަރުތެރޭގައި މާފަރު އެއާޕޯޓަށް ވަނީ 353 ޕްރައިވެޓް ޖެޓް ޖައްސާފަ އެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 125 ޖެޓުގެ އިތުރުވުމެކެވެ.

މާފަރު އެއާޕޯޓް މެދުވެރިކޮށް މިދިޔަ އަހަރު 1934 ފަތުރުވެރިން ރާއްޖެއަށް އެތެރެވެ، 2082 ފަތުރުވެރިން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކުރެ އެވެ.

އޭގެތެރެއިން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އެތެރެވެފައިވަނީ ޔޫރަޕުގެ ފަތުރުވެރިންނެވެ. އަދި އެއާޖެހިގެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މެދުއިރުމަތީގެ ގައުމުތަކުންނެވެ.

މީގެއިތުރުން މިދިޔަ އަހަރު އެ އެއާޕޯޓް މެދުވެރިކޮށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އެތެރެވެފައިވަނީ އޭޕްރީލް އަދި ޑިސެމްބަރު މަހުގައި ކަމަށް އައިލެންޑް އޭވިއޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

2020 ވަނަ އަހަރުން ފެށިގެން މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެޓު ޖައްސާފައިވާ އަދަދުތައް:

• 2020 ވަނަ އަހަރު - 115 ޖެޓު
• 2021 ވަނަ އަހަރު - 298 ޖެޓު
• 2022 ވަނަ އަހަރު - 228 ޖެޓު
• 2023 ވަނަ އަހަރު - 353 ޖެޓު

މާފަރު އެއާޕޯޓް ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. އަދި އެ އެއާޕޯޓް އިންޓާނޭޝަނަލް ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެންނެވެ.

ސަރުކާރުން ވަނީ މާފަރު އެއާޕޯޓް އިތުރަށް ތަރައްގީކޮށް، އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމަށް ހަމަޖައްސާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް