ads
ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކާ އިސްރަށްވެހިންގެ ދަފްތަރެއް އެކުލަވާލަނީ
ހާއްސަ އެހީއަށް ބޭނުންވާ ފަރާތް ތަކާއި ދޮށީއުމުރުގެ މީހުންގެ މައުލޫމާތު އެއްތަނަކުން ހޯދައި ބެލޭނެ ދަފްތަރެއް އެކުލަވާލަން ސަރުކާރުން ނިންމަވައިފި އެވެ.
Advertisement

ވަޒީރުންގެ މަޖިލިހުގެ ނިންމެވުންތައް ހާމަކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ، ދަފްތަރު އެކުލަވާލުމަށްޓަކައި މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ބެލެނިވެރިކަމުގެ ދަށުން ސާވޭއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ސާވޭގެ މަސައްކަތް ކުރިއަށް ގެންދާނީ ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން މިނިސްޓްރީން އެކުލަވާލާ ޓެކްނިކަލް ޓީމަކުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މި ސާވޭ ކުރިއަށް ގެންދާނީ ކުދި އަދި ބޮޑެތި އާބާދީ ތަކުގައި ވެސް ފަސޭހަ ކަމާއެކު އެކަން ކުރެވޭނެފަދަ އުސޫލެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން 1000 އަށްވުރެ އާބާދީ މަދު ރަށްތަކުގައި ސާވޭ ކުރިއަށް ގެންދާނީ އެރަށެއްގެ ކައުންސިލްގެ އިސްނެގުމުގެ ދަށުން ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެއަށްވުރެ ބޮޑެތި އާބާދީ ތަކުގައި ސާވޭގެ މަސައްކަތް ކުރާނީ ވޮލެންޓިއަރުންގެ އެހީތެރިކަމާއެކު ކަމުގައި ނާޒިމް މައުލޫމާތު ދެއްވި އެވެ.

ނާޒިމް ވިދާޅުވީ އެ ސާވޭއިން އެއްކުރެވޭ މައުލޫމާތުތަކުގެ މައްޗައް ބިނާކޮށް، އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދެނެގަނެ، އެފަރާތް ތަކަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް މިނިސްްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން އެކުލަވާލަން ނިންމާފައިވާ ކަމަށެވެ.

އަދި އެ މައުލޫމާތުތައް ހިމަނައިގެން ދޮށީއުމުރުގެ މީހުންނާއި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ބެލޭނެ ނިޒާމެއް އެކުލަވާލަން ހަމަޖައްސާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް