އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވި މި ކޯސް ކުރިއަށް ދިޔައީ މިދިޔަ ހޯމަ ދުވަހުގެ ހުކުރު ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި 17 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ.
މި ކޯސް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޓްރެއިނިން އެންޑް އެޑިއުކޭޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސޮބާހެވެ.
ސޮބާހް ވަނީ މި ކޯހުން ދަސްވި ކަންކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ކޯހުގެ ބައިވެރިންގެ ފަރާތުން އެދިވަޑައިގެންފި އެވެ.