ads
މި އަހަރު ކަޝްމީރަށް ސްނޯ ނުވެހުނު، ފިލްމުތައް ޝޫޓުކުރަން ރޭވި މީހުންނަށް ބޮޑު ގެއްލުމެއް
މިއަހަރު ކަޝްމީރަށް ސްނޯ ނުވެހުމުގެ ސަބަބުން އެ ސަހަރަހައްދުގައި ޝޫޓުކުރަން ރާވާފައިވާ ބައެއް ފިލްމުތަކުގެ ޝޫޓިންއަށް ބުރޫ އަރައިފިއެވެ.

ކަޝްމީރަށް ސްނޯ ވެހޭ ދުވަސްވަރަށް ބޮލީވުޑްގެ ފިލްމުތަކާއި، ކައިވެނީގެ ކުރިން ފޮޓޯ ނަގާ މީހުންވެސް ކޮންމެ އަހަރަކުވެސް އެ  ސަރަހައްދަށް ޖަމާވެއެވެ. ނަމަވެސް މި ދިޔައަހަރުގެ ފަހުކޮޅުވެސް އަދި މިއަހަރު ވެސް ކަޝްމީރަށް ސްނޯ ނުވެހުނެވެ. 

މިގޮތުން ޝޫޓިން ހުއްޓާލި މީހުންގެ ތެރޭގައި ދާނިޝް ހާން ހިމެނެއެވެ. އޭނާއަކީ ކަޝްމީރު ސަރަހައްދުގައި ބޮލީވުޑް ފިލްމު ހެދުމުގެ މަސައްކަތް ކުރާ މީހެކެވެ. 

“ކަޝްމީރުގެ މޫސުމުގެ ހާލަތާ ގުޅޭ ގޮތުން ބޮލީވުޑްގެ ގިނަ ސުވާލުތަކެއް އަޅުގަނޑުމެންނަށް ލިބެމުން އެބަދޭ. ބޮލީވުޑްގެ ގިނަ ޝޫޓިންތައް ކަޝްމީރަށް ވިންޓާ ދުވަސްވަރު ހާއްސަކޮށް ސްނޯ އަށް ޝެޑިއުލްކޮށްފަ ހުރޭ،" ދާނިޝް ބުންޏެވެ. 

ދާނިޝް ބުނެފައިވާގޮތުން އޭނާގެ ޕްރޮޑަކްޝަން ހައުސް އިން ވެސް ވަނީ ތިން ޕްރޮޖެކްޓެއް ކަޝްމީރު ނޫން އެހެން ސަރަހައްދުތަކަށް ބަދަލުކުރަންޖެހިފައެވެ.

މިގޮތުން އޭނާގެ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ ބައެއް ފިލްމުތައް ރަޝިޔާއަށް ވެސް ވަނީ ބަދަލުކޮށްފައެވެ.

ކަޝްމީރަށް ކޮންމެ އަހަރަކުވެސް ޑިސެންބަރު އަދި ޖެނުއަރީ މަހުގެ ތެރޭގައި ބޯކޮށް ސްނޯ ވެހުނު ނަމަވެސް، މިއަހަރު ސްނޯ ނުވެހުނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންކަމަށް ބެލެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް