އުމުރުން 50 އަހަރުގައި ޓުވިންކަލް މާސްޓާޒް ހަދާފައިވަނީ ލަންޑަނުގެ ޔުނިވާސިޓީއަކުންނެވެ.
އޭނާ މާސްޓާޒް ހަދާފައިވަނީ އޭނާއާއި އަކްޝޭގެ ފިރިހެން ދަރިފުޅު އާރަވް ބާޓިއާ ވެސް ކިޔަވަމުން އަންނަ ޔުނިވާސިޓީންނެވެ. ދަރިފުޅާ އެއް ޔުނިވާސިޓީއަކަށް ދާން ޖެހުމުން ކޮންމެވެސް ވަރަކަށް ކަންބޮޑުވިކަމަށް ވެސް ޓުވިންކަލް ބުންޏެވެ.
ޓްވިންކަލް މާސްޓާޒް ޑިގުރީ ހެދައި ނިމުނުކަން ސޯޝަލް މީޑިއާގައި އިއުލާނުކުރީ އޭނާގެ ފިރިމީހާ އަކްޝޭ ކުމާރެވެ. މި އުފާވެރި ހަބަރު ހިއްސާކުރަމުން އަކްޝޭ ބުނެފައިވަނީ އޭނާގެ އަނބިމީހާއަކީ "ސުޕަވުމަން" އެއްކަމަށެވެ.
ނަމަވެސް އަކްޝޭ ބުނީ ގޭތެރޭގެ ކަންކަން ބަލަހައްޓަމުން، އަދި ދަރިންނާއި ފިރިމީހާގެ ކަންކަންވެސް ބަލަހައްޓަމުން ކިޔަވައި ނިންމާލުމުން އޭނާގެ އަނބިމީހާއަކީ "ސުޕަވުމަން" އެއްކަން ޔަގީންވާކަމަށެވެ.