ads
އެރިކްސަން އަދި ކްލޮޕް
ކެންސަރަށް ފަރުވަ ހޯދަމުންދާ އެރިކްސަންއަށް ކްލޮޕްގެ ދައުވަތެއް
ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންދާ އިންގްލެންޑްގެ ކުރީގެ ކޯޗު ސްވެން ގޯރަން އެރިކްސަން ލިވަޕޫލުގެ ކޯޗުކަމުގެ މަގާމު އަދާކޮށްދިނުމަށް ލިވަޕޫލްގެ ކޯޗު ޔާޖެން ކްލޮޕް ދައުވަތު ދީފި އެވެ.

އިހުތިރާމް ކުރުމުގެ ގޮތުން ކްލޮޕްގެ މި ދައުވަތު އެކްރިސަންއަށް ފޮނުވިއިރު، އެރިކްސަން ވަނީ އޭނާއަށް ޓާމިނަލް ކެންސަރު ޖެހިފައިވާ ކަމަށާއި ޑޮކްޓަރުން ދީފައިވަނީ "ގާތްގަނޑަކަށް އަހަރެއް" ކަމަށް ހަބަރު ފެތުރިފައިވަނިކޮށެވެ.

އުމުރުން 75 އަހަރުގެ އެރިކްސަން ކެންސަރު ޖެހުނުކަން ހާމަކޮށްފައިވަނީ މި ފަހުންނެވެ.  ކޯޗިން ކެރިއަރުގައި އެރިކްސަން ވަނީ މެންޗެސްޓާ ސިޓީ، ލާޒިއޯ އަދި ރޯމާ ފަދަ ގިނަ ކްލަބް ޓީމުތަކެއް މެނޭޖްކޮށްދީފައި ނަމަވެސް ދުވަހަކުވެސް ލިވަޕޫލަށް އޭނާ ކޯޗު ކޮށްދީފައެއް ނުވެއެވެ.

ސްވިޑަން އަށް ނިސްބަތްވާ އެރިކްސަން، 75އެންމެ ފާހަގަވެގެންދިޔައީ އިންގްލެންޑްގެ ގައުމީ ޓީމުގެ ކޯޗަކަށް އޭނާ މަސައްކަތްކުރި ދުވަސްވަރެވެ. އިންގްލެންޑްގެ ގައުމީ ޓީމަށް ދެ ވޯލްޑް ކަޕެއްގައި އޭނާ އިރުޝާދު ދިނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް