ads
މާލޭގައި ފެންބޮޑުވާ މައްސަލަ ބަލަން ކޮމެޓީއެއް އުފައްދައިފި
ވިއްސާރަ މޫސުމުގައި މާލޭގައި ފެންބޮޑުވެ ދިމާވާ މައްސަލަތައް ބެލުމަށް އެކި ދާއިރާތައް ހިމެނޭ ގޮތަށް ހާއްސަ ކޮމެޓީއެއް ސަރުކާރުން އުފައްދަވައިފިއެވެ.

 މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ވިއްސާރަ މޫސުމުގައި ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވާ މައްސަލަ ބެލުމަށް އެކި ދާއިރާތައް ހިމެނޭގޮތަށް ކޮމެޓީއެއް ސަރުކާރުން އުފައްދާފައިވާކަމަށެވެ. މިކޮމެޓީގެ މަސްއަކަތުގެ ތެރޭގައި މާލޭގައި ފެންބޮޑުވާ މައްސަލަ ބެލުމުގެ އިތުރުން ފެންބޮޑުވެ ގޯތި ގެދޮރަށް ލިބޭ ގެއްލުންތައްވެސް ބަލާނެކަމަށެވެ. މީގެއިތުރުން މީހުން ދިރިއުޅެން އެެކަށީގެން ނުވާތަންތަނުގައި މީހުން ދިރިއުޅޭ މައްސަ؛ލަ ބަލާ އެކަންކަން ހައްލުކުރާނެ ފިޔަވަޅުތައްވެސް މި ކޮމެޓީން އަޅުއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. 

މި ކޮމެޓީގައި ހިމެނެނީ

  • ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
  • ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ 
  • މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ 
  • އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
  • ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ 
  • މާލޭ ސިޓީ ކައުންސިލް 
  • އެމްއެންޑީއެފް
  • ދިވެހި ފުލުހުން
  • ނޭޝަނަލް ޑިޒާޒްޓަރ މެނޭޖްމަންޓް އޮތޯރިޓީ 

މި އަހަރު ރާއްޖެއަށް ފެށުނީ ވަރަށް ވިއްސާރަވެ މޫސުން ގޯސްކޮށެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ދުވަހު ހުއްޓާ ނުލާ ރާއްޖޭގެ އެކި ހިސާބުތަަކަށް ބޯކޮށް ވަނީ ވާރޭވެހިފައެވެ. އެދުވަހު ކުރި ވިއްސާރާގައި މާލޭ ސަރަހައްދަށް ރެކޯޑް މިންވަރަކަށް ވަނީ ވަރޭވެހިފައެވެ. އެންމެ ގިނައިން ވާރޭ ވެހުނު ހުޅުލެއަށް 179.7 މިލިމީޓަރުގެ ވާރޭވެހި ވައިގެ ދަތުރު ފަތުރުތަކަށް ވަނީ ބުރޫ އަރާފައެވެ. އެދުވަހު ދެން އެންމެ ބޯކޮށް ވާރޭ ވެހުނީ ވެރިރަށް މާލެއަށެވެ. މާލެއަށް 118.2 މިލި މީޓަރުގެ ވާރޭވަނީ ވެހިފައެވެ. މާލޭގައި ފެންބޮޑުވެ ބައެއް ގެތަކާއި ފިހާރަތަކަށް ގެއްލުންތައްތެއްވެސް ވަނީ ލިބިފައެވެ. 

އޭރު ކުރި ވިއްސާރާގައި 9 ރަށަކުން 103 ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ. ގެއްލުން ލިބުނު 90 ގެއަަކަށް 4 ލައްކަ ރުފިޔާ ބަހަން ޑިޒާސްޓަރ މެނޭޖެމަންޓް އޮތޯރިޓީން ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް