އިންޑިއާގެ ކުރީގެ މަޝްހޫރު ޓެނިސްކުޅުންތެރިއާ ސާނިޔާ ވަރިވި ސަބަބު މީޑިއާއަށް ހާމަވެފައިވަނީ އޭނާގެ ކުރީގެ ފިރިމީހާ ޝޮއިބް މާލިކު ޕާކިސްތާނުގެ ފިލްމީ ތަރިއެއް ކަމަށްވާ، ސަނާ ޖާވިދްއާއި ކައިވެނިކުރުމުގެ ތެރޭގައި ސަނާގެ އާއިލާ މެންބަރަކު ހިތްހަމަނުޖެހިގެން ޝޮއިބް ކުރިން ކައިވެނި ރޫޅުނުގޮތް މީޑިއާއަށް ހާމަކުރުމުންނެވެ.
މިގޮތުން މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ޝޮއިބް ވަރިކުރީ މުުތުލަގު ވަރިއަކުން އޭނާގެ އަނބިމީހާ ސާނިޔާއެވެ. ސާނިޔާ އޭނާގެ ފިރިމީހާ ވަރިކުރަން ނިންމީ ކައިވެނީގެ ބޭރުން ގިނަ ގުޅުންތަކެއް ޝޮއިބް ބާއްވަމުން އަންނަކަން ހާމަވުމުންކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޝޮއިބް އާއި ސަނާ ކައިވެނިކޮށްފައިވާއިރު މިއީ ސޮއިބް ކުރި ތިން ވަނަ ކައިވެންޏެވެ. ޝައޮބްގެ ކައިވެނީގެ ހަފްލާއަށް އޭނާގެ އާއިލާ އެއްވެސް މީހަކު ހާޒިރު ނުވާކަމަށް ވެސް ވަނީ ހަބަރު ލިބިފައެވެ.