ads
ސަލާހް
ސަލާހު ފަރުވާއަށް އިގިރޭސިވިލާތަށް
އެފްރިކަން ނޭޝަންސް ކަޕުގައި ލިބުނު އަނިޔާއަށް ފަރުވާ ހޯދަން، މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް އިގިރޭސިވިލާތަށް ހިނގައެއްޖެއެވެ.

އައިވަރީ ކޯސްޓުން އިގިރޭސިވިލާށް ސަލާހް ދިޔައީ، އޭނާއަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ، މުބާރާތުގެ ސެމީ ފައިނަލުން މިސްރަށް ފުރުސަތު ލިބޭނެ ކަމުގެ އުއްމީދުގައި އެ ހިސާބުން އަލުން ޓީމާ ގުޅުމަށެވެ.

އަނިޔާގެ ސަލާހަށްވަނީ މިސްރުން ދެން ކުޅެން ޖެހޭ ދެ މެޗުގައި ނުކުޅެވޭނެކަން ކަށަވަރުވެފައެވެ. އެއީ ގްރޫޕް ސްޓޭޖުގެ ފަހު މެޗާ އަދި އެ މެޗުން މޮޅުވެއްޖެ ނަމަ ކުއާޓާ ފައިނަލް މެޗެވެ. 

މިސްރުން އުއްމީދުކުރަނީ މި ދެ މެޗުން މޮޅުވެ އެ ޓީމަށް ސެމީގެ ޖާގައެއް ލިބޭނެ ކަމަށެވެ. އަދި އެ ހިސާބުން ސަލާހަށް އަލުން އެނބުރި ޓީމަށް އާދެވޭނެ ކަމަށް އަންނަނީ އުއްމީދުކުރަމުންނެވެ.

އުމުރުން 31 އަހަރުގެ ލިވަޕޫލް ފޯވާޑް ސަލާހަށް އަނިޔާވީ، ބުރާސްފަތި ދުވަހު ގާނާ އަތުން 2-2 އިން އެއްވަރުވި މެޗުގައެވެ. އެ މެޗު އެއްވަރުވުމުން، ކުއާޓާއިން ޖާގައެއް ހޯދަން މިސްރުން ދެން ކުޅޭ މެޗުން މޮޅުވާންވެސް ޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް