ads
ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރަނީ
ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގަމުން އަންނަ ފީ ކުޑަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށައިފި އެވެ.

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތަފުސީލުތައް ހާމަކުރަން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިއްޔެ ވިދާޅުވީ، ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން މިހާރު ނަގަމުން އަންނަ ފީ ކުޑަކޮށް، މިއަށްވުރެ ހެޔޮ އަގެއްގައި މި ހިދުމަތް ލިބޭނެ ގޮތް ހެދުމަށްޓަކައި އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ނަގަމުން އަންނަ ފީ މުރާޖައާކުރެއްވުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާއި ވެމްކޯއިން ހުށަހަޅާފައިވާ ކަރުދާހާއި މެދު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

ހެޔޮ އަގެއްގައި އެކަން ކުރެވޭނެ ގޮތް ހޯއްދެވުމަށްފަހު އިކޮނޮމިކް ކައުންސިލަށް ހުށަހަޅަން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން މިހާރު ނަގަމުން އަންނަނީ ޓަނަކަށް 1060 ރުފިޔާ އެވެ. މި ފީ ކުޑަ ކުރުމަކީ ރައީސް މުއިއްޒު ވަނީ ރިޔާސީ ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް