ads
އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރު ގްރާންޓް ޝަޕްސް
"ޔަހޫދީންނަށް އަމާން ކަން މެދުއިރުމަތީގައި އޮތީ ފަލަސްތީނަށް ވެސް ހެޔޮ ގޮތް ވެގެން"
ޔަހޫދީންނަށް އަމާން ކަން މެދުއިރުމަތީގައި އޮތީ ފަލަސްތީނަށް ވެސް ހެޔޮ ގޮތް ވެގެން ކަމަށް އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރު ގްރާންޓް ޝަޕްސް ވިދާޅުވެއްޖެ އެވެ.
Advertisement

ގްރާންޓް ޝަޕްސް ވިދާޅުވި ގޮތުން ފަލަސްތީނަށް މިނިވަން ދައުލަތެއް އޮތުމަށް މުޅި ދުނިޔެ ރުހި ގަބޫލެވެ. އޭނާ އަދި ވިދާޅުވީ ޔަހޫދީންނަށް އަމާން އޮމާންކަމުގައި މެދުއިރުމަތީގައި ދެމިތިބެވޭނީ ވެސް ފަލަސްތީނަށް ހެޔޮ ގޮތް ވެގެންކަން މިހާރު ދަންނަންވެއްޖެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރު މިމޭރުމުން ވާހަކަފުޅުދެއްކެވިއިރު، ޔޫރަޕުގެ ގާނޫނޫ ހަދާ މަޖިލީހުގެ އަޔަލެންޑުގެ މެމްބަރު މައިކަލް ވޮލެސް މިފަހުން ވަނީ ހޫތީންނަށް ތައުރީފުކޮށް، ހޫތީންގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވޮލެސް ވިދާޅުވެފައި ވަނީ ހޫތީން އެއްވެސް މީހަކު ނުމަރާ ކަމަށާއި ނަމަވެސް އިސްރާއީލުން ގާޒާގެ 25000 އާންމުން ޝަހީދު ކޮށްފި ކަމަށާއި އޭގެ ތެރޭގައި 10000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭ ކަމަށެވެ. 

ހޫތީން ހަމަލާދެނީ އިސްރާއީލުގެ ގަތުލުއާންމަށް އެހީތެރިވެދޭ ބޯޓުތައް ކަމަށާއި، ދެކުނު އެފްރިކާ އިން ފަލަސްތީނާއި އެކުގައި ތިބިކަން ދުނިޔޭގެ ކޯޓުގައި ދެއްކި ފަދައިން ހޫތީންވެސް ދައްކަމުންދަނީ ފަލަސްތީނާއި އެކުގައި ތިބިކަން ކަމަށް ވޮލެސް ވިދާޅުވިއެވެ.


"އެކަމަކު ދެރަކަމަކީ އީޔޫ އޮތީ އެމެރިކާގެ ވެރިކަމާއި ޒައިނިސްޓުންނާއި އެކުގައި ކަން. އީޔޫ ލަދު ގަންނަން ޖެހޭ" ވޮލެސް ވިދާޅުވި އެވެ.


މީގެ އިތުރުން ވޮލެސް ވަނީ އެމެރިކާ އަދި އިނގިރޭސިވިލާތުން ހަމަލާދެނީ ކޮންބަޔަކަށް ތޯ އަހައި ސުވާލުކޮށްފަ އެވެ. އަދި ނަސްލު ނައްތާލަން ގަތުލުއާންމު ހިންގާތީ އެމީހުން ހަމަލާދިނީ އިޒްރޭލަކަށް ނޫން ކަމަށާއި  އޭގެ ބަދަލުގައި އެމީހުން ހަމަލާ ދިނީ ހޫތީންނަށް ކަމުގައި ވެސް ވޮލެސް ތުހުމަތުކުރި އެވެ. އަދި ހަމަލާތަކުގައި 6 މީހުން މަރާލި ކަމަށާއި އެހެންވީމާ މުދާ އުފުލުން ރައްކާތެރިކުރަން ހުޅަނގުގެ ބާރުތަކުން މީހުން މަރަންވެސް ތައްޔާރު ކަމަށާއި ހަމަ އެބާރުތަކުން އިރާނާއި، ސީރީއާ އާއި ވެނެޒުއެލާގައި ދެކޮޅަށް ފިޔަވަޅު އަޅާފައިވާ އެތައް ހާސް ބަޔަކު މަރަމުން ދާކަމަށް ވެސް ވޮލެސް ވަނީ ވިދާޅުވެފަ އެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް އޮތުމަށް ގޮވާލާ ގޮވާލުމަށް ޔަހޫދީ ބޮޑުވަޒީރު ޖައްބާރު ނަތަންޔާހޫ ވިދާޅުވީ މުޅި ޣައްޒާއަށް ޔަހޫދީންގެ ބާރު ނެތް ގޮތަކަށް ހުށަހަޅާ އެއްވެސް އެއްބަސްވުމެއް ގަބޫލު ނޫން ކަމަށެވެ.

އަދި ވަކިން އަމުދުން ފަލަސްތީނަށް މިނިވަން ދައުލަތަށް ފުރުސަތު ދެއްވައި ދުނިޔެއާ މުއާމަލާތްކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ޖައްބާރު ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓުގެ ތެރޭގައި ވެސް ވަނީ ހިޔާލު ތަފާތުވުންތައް އުފެދި ކެބިނެޓު ވެސް ވަނީ ދެބައިވެފަ އެވެ. ނަމަވެސް ނަތަންޔާހޫގެ އޮތީ އެންމެ އަމާޒެކެވެ. އެއީ ވީހާވެސް ގިނަ ދުވަހަކު ވެރިކަމުގައި ދެމިހުރުމެވެ. އަދި، ވީހާވެސް ގިނަ ޢަދަދެއްގެ މުސްލިމުންގެ ލޭ އޮހޮރުވައިލާ ޝަހީދުކޮށްލުމެވެ. އެއާ އެކު ކުޑަކުދިން ޔަތީމު ކޮށް އަންހެނުން ހުވަފަތް ކުރުމެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ގާޒާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 25200އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި 16,000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. އަދި ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު 61,000އަށް އަރައެވެ. ނަމަވެސް، އޭގެ ތެރެއިން ގިނަ މީހުންނަށް ސިއްހީ ފަރުވާ ދޭނެ ގޮތެއް ނެތެވެ. ގާޒާއިން ބޭސްފަރުވާގެ ސާމާނު ހުސްވެފައިވާއިރު، ޔަހޫދީ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި ގާއްޒާގެ ހަސްފަތާލުތަކަށް ބޮން އަޅަމުންނެވެ.
 

ޔަހޫދީންނަކީ އެ މީހުންގެ ޒާތުގައި - ތަބީއަތުގައި ވެސް ބޯހަރު ގޮތް ދޫނުކުރާ ޖާހިލު އަދި ނަޖިސް ބައެކެވެ. މިއީ މާތް ﷲ ފޮނުއްވެވި ރަސޫލު ބޭކަލުންނަށް ފުރައްސާރަކޮށް ޖެއްސުންކޮށް ބަޣާވާތްކުރި ބައިގަނޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް