ads
އިސްލާމީ ދާއިރާގެ ވައުދުތައް ފުއްދުމަށް މިއަހަަރުގެ މަގުޗާޓު އެކުލަވާލައިފި
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ދާއިރާގެ ވައުދުތައް ފުއްދުމަށް މިއަހަަރަށް ހާއްސަ އެކްޝަން ޕްލޭނެއް އިސްލާމިކް މިނިސްޓްރީން އެކުލަވާލައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރައީސްގެ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ދާއިރާގެ ވައުދުތައް ފުއްދުމަށް މިއަހަަރަށް އެކްޝަން ޕްލޭނެއް ކަނޑައަޅައި، މިނިސްޓްރީން އެ ޕްލޭން ތަސްދީގު ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ އެކްޝަން ޕްލޭން އަންނަ ހަފްތާގައި އިފްތިތާހު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިންޝާ ﷲ މި ޕްލޭން އަންނަ ހަފްތާގައި ލޯންޗް ކުރެވިގެންދާނެ. އަދި މިނިސްޓްރީގެ ވެބްސައިޓްގައި އާއްމުކޮށް ޝާއިޢުކުރެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

އެކްޝަން ‏ޕްލޭން ތައްޔާރުކުރުމަށްޓަކައި މިނިސްޓްރީގެ މުވައްޒަފުންނާއި ސެކްޝަންތަކުގެ ވެރިން ކުރެއްވި މަސައްކަތްތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ

ދީނަށް ލޯބިކުރާ ހޭލުންތެރި މުޖުތަމަޢުއެއް ބިނާކުރުމަކީ ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފއިވާ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް