ads
ޕްރައިމަރީގައި އެންމެންނަށް ވާދަ ކުރެވޭގޮތަށް ރައީސް ހަމަޖައްސަވައިފި
ޕީޕީއެމް/ޕީއެންސީގެ އެތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތް ކުރި ކަމަށާއި އެ ޕާޓީ އަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާ ކަމަށް ބުނެ ބައެއް މީހުންނަށް ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދޭން ނިންމި ނިންމުން އަނބުރާގެންގޮސްފި އެވެ.

ޕްރައިމަރީ އަށް ހަފުތާއަކަށް ވެފައިވަނިކޮށް، ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް ސޮއިކުރައްވައި ބައެއް މީހުންނަށް ޕްރައިމަރީން ފުރުސަތު ދެވެން ނެތް ކަމަށް ވިދާޅުވެ ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ. ބައެއް މީހުންނަށް ފޮނުވި ސިޓީގައި ވިދާޅުވީ، ޕާޓީ އަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާތީ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ. 

މަޖިލިސް ޕްރައިމަރީން ބައެއް ކެންޑިޑޭޓުންނަށް ފުރުސަތު ނުދޭން ނިންމުމުން ޕީއެންސީ އޮފީހަށް ރޭ ބަޔަކު ވަދެ ވަނީ ނުހުރުން ފާޅުކޮށްފަ އެވެ.

ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި "ގަޑުބަޑުކޮށްގެން" ގޮސް މައްސަލަ ހޫނުވެފައި ވަނިކޮށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ "އެކްސް" ގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތިނުލެވޭ ގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅި ޝަކުވާތަކަށް ރިއާޔަތް ކުރުމަށް ފަހުގައި ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހާ ބޭފުޅުންނަށް ވާދަކުރެއްވޭ ގޮތަށް ޕްރައިމަރީ ބާއްވަން ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

ޕްރައިމަރީން ފުރުސަތު ނުދޭން ނިންމީ ކިތައް ކެންޑިޑޭޓުންނަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

ޕީއެންސީ ބައެއް މީހުންނަށް ޕްރައިމަރީގެ ފުރުސަތު ނުދޭން ނިންމިއިރު، ޕްރައިމަރީގައި ވާދަކުރާ މީހުންނާ އެކު ވަރަށް ގިނަ އާންމު މެންބަރުން ވެސް އެ ޕާޓީއާ ގުޅިފައިވެ އެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރިއިރު 6،000 މެންބަރުންގެ ދަފުތަރެއް އޮތް، ޕީއެންސީގެ މެންބަރުންގެ އަދަދު 40،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް