ads
މެދު ހެންވޭރު ދާއިރާގެ އިންތިހާބީ ކައުންސިލަރު އެމްޑީޕީ ދޫކޮަށް ޕީއެންސީއަށް
ބައި-އިލެކްޝަނުގައި މާލެއަށް ހޮވުނު ކައުންސިލަރު އެމްޑީޕީ ދޫކޮަށް ޕީއެންސީއަށް
މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މެދުހެންވޭރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެންނެވި ކައުންސިލް މެންބަރު އަހްމަދު ރިޝްވާން ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.

ބައި-އިލެކްޝަނުން އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވައި އިންތިހާބުވެވަޑައިގެންނެވި ރިޝްވާނު އެމްޑީޕީ ދޫކުރައްވައި ކޮންގުރެސް ޕާޓީއާ ގުޅިވަޑައިގަތުމަށް ޕާޓީގެ މެންބަރުޝިޕު ފޯމު މިއަދު ރައީސް ޑރ.މުހައްމަދު މުޢިއްޒާ ހަވާލުކުރައްވާފައިވެ އެވެ.

މިރޭ އޮންނަ ރަސްމިއްޔާތުގައި އިންތިޚާބުވެވަޑައިގެންނެވި އިންތިޚާބީ މޭޔަރާއި ކައުންސިލަރުން މަގާމުގެ ހުވައިކުރުމުގެ ރަސްމިއްޔާތު ބާއްވަން އޮތީ ހަމަޖެހިފަ އެވެ.

މާލެ ސިޓީ ކައުންސިލްގައި 19 މެންބަރުން ތިއްބަވާއިރު، ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ މެންބަރުންގެ އަދަދު 13 އަަށް މިހާރު ވަނީ އަރާފައެވެ. އެމްޑީޕީގެ ޓިކެޓުގައި ހޮވިވަޑައިގެންނެވި ކައުންސިލަރުންތަކެއް މީގެކުރިން ވެސް ވަނީ ސަރުކާރު ހިންގާ ޕީއެންސީ އަށް ސޮއިކުރައްވާފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް