އެޗްޑީސީއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އަލް މަދީނާ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަލީ އަހުސަން އެވެ.
އެޗްޑީސީއިން ބުނީ މި އެއްބަސްވުމުގެ ދަށުން ސްކޫލުގެ އިތުރުން ހުޅުމާލެ ރެޑްވޭވް ސިޓީ ސްކެއާ ކައިރީގައި ހުންނަ ވަގުތީ މިސްކިތްވެސް ތަރައްގީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި މިސްކިތް ތަރައްގީ ކުރާނީ ސްކޫލާއި މިސްކިތް ގުޅިގެންދާ ގޮތަށްކަމަށެވެ.
އެޗްޑީސީން ބުނީ 2.5 އަހަރުގެ ތެރޭގައި ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވަދެވޭނެކަމަށެވެ.
އެއަށްފަހު ގްރޭޑް 1-10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭ ފެންވަރަށް އަދި އޭގެ އިތުރުން މަތީ ތައުލީމު އުނގަންނައިދެވޭ ފެންވަރަށް އެ ސްކޫލް ތަރައްގީ ކުރާނެކަމަށް އެ އެޗްޑީސީއިން ބުނެއެވެ.
އެޗްޑީސީއިން ބުނީ މި ސްކޫލުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތައުލީމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުންކަމަށެވެ.
އަދި މި ސްކޫލުއިން ފުދުންތެރިކަން ދަށް ކުދިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެގޮތް ހަމަޖެހިގެންދާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.