މިރޭ ހުވާކުރެެއްވުމަށް އޮތް ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަޑައިގަތެވެ.
މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަން އާޒިމް ކާމިޔާބު ކުރެއްވީ 7،621 ވޯޓުންނެވެ. އޭނާއާ އެންމެ ކައިރިން ވާދަ ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރެވެ. އާޒިމާއަށް ލިބިވަޑައިގެންފައި ވަނީ 5،031 ވޯޓެވެ.
މޭޔަރުގެ ގޮނޑި ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވީ ޑރ. މުއިއްޒު ރައީސް ކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އެމަނިކުފާނު އެ މަގާމުން އިސްތިއުފާ ދެއްވީ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.