ދެވަނަ ޑިވިޝަނުގައި ލެގޫންސް އަތުން ވިކްޓްރީ މިއަދު މޮޅުވީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. ވިކްޓްރީވަނީ ކުރިން ކުޅުނު ދެ މެޗުންވެސް މޮޅުވެފައެވެ. ވިކްޓަރީން ލީޑުނެގީ މެޗުގެ 38 ވަަނަ މިނިޓްގަ ހުސެއިން ފައިސަލް (ފައިޓޯ) ޖެހި ލަނޑުންނެވެ. ވިކްޓްރީގެ ދެވަނަ ލަނޑު ޖެހީ އުމައިރުއެވެ.
ވިކްޓްރީގެ ތިންވަނަ ލަނޑު ވިކްޓަރީގެ އުޒްބެކިސްތާން މިޑްފީލްޑަރު، ފާރޫގް ހައިދަރޯފް ޖެހި އިރު ފަހު ލަނޑު ޕެނަލްޓީއަކުން ޖެހީ ހަސަންބޮއޭވްއެވެ. އެއީވެސް އުޒްބަކިސްތާނު ކުޅުންތެރިއެކެވެ.
ލެގޫންސްގެ ހަމައެކަނި ލަނޑު ޖެހީ ޝިފާންއެވެ.