ads
ޒިޔަދަމްގެ މަރުގެ އިސްތިއުނާފު މާދަމާ ފަށަނީ
މަސްވަޅިއަކުން ހަމަލާދީ ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި އުމުރަށް ޖަލަށްލާން ހުކުމް ކުރި މީހަކު، އެ ރަށު ބީޗްވިލާ އަލީ ސިފާމްގެ އިސްތިއުނާފު މައްސަލަ ފަށަން ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

މަސްވަޅިއަކުން ހަމަލާދީ ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލިކަން ސާބިތުވެ އެ ރަށު ބީޗްވިލާ އަލީ ސިފާމް އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވާއިރު، އެ މައްސަލައިގައި ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން މަރަންވަނީ ހުކުމްކޮށްފައެވެ.

މީގެ ހަތް އަހަރު ކުރިން، 20 މާޗް 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ހިނގާފައި ދަނިކޮށް ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލުމުގެ ކުށުގައި އެ ރަށު ހީނާވިލާ މުހައްމަދު ޝަނޫން މަރަން އަދި އެ ރަށު ބީޗްވިލާ އަލީ ސިފާމް އުމުރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅުއެވެ. އެ މައްސަލައިގެ އިސްތިއުނާފު ފަށާނީ މާދަމާ ހެނދުނުއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު ފެބްރުއަރީ މަހު ހުކުމް ކުރެއްވީ، ޒިޔަދަމްގެ ވާރިސުންގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިބި ނުވަ ވާރިސުން ވެސް ގިސޯސް ހިފަން ބޭނުންވާ ކަމަށް ޝަރީއަތަށް ހެކިބަސް ދީފައިވާތީ ޝަނޫންގެ މައްޗަށް މަރުގެ އަދަބު ދިނުމަށް އަދި އަލީ ސިފާމް އުމުރަށް ޖަލަށްލާށެވެ.

ޒިޔަދަމްގެ ވާރިސުންގެ ތެރެއިން ދުނިޔޭގައި ތިބި ނުވަ ވާރިސުން ވެސް މަރަށް މަރު ހިފަން ކުރިން ޝަރީއަތުގައި އެދިފައެވެ. ޒިޔަދަމްގެ މަންމަ މަރިޔަމް މޫސާ ދުނިޔޭގައި ހުރި އިރު ފުލުހުންނަށް ދީފައިވާ ބަޔާނުގައި ވަނީ އޭނާ ވެސް އެދެނީ މަރަށް މަރު ހިފަން ކަމަށް ބުނެފަ އެވެ. ޒިޔަދަމް މަރާލިއިރު އޭނާގެ މަންމަ ދުނިޔޭގައި ހުރި ނަމަވެސް މިހާރު ވަނީ ނިޔާވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް