ads
އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ކަނޑުމަތީ ހަރަކާތްތެރިވަނީ___
މިލަންދޫއަށް ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިފި
ށ.މިލަންދޫއަށް ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިފި އެވެ.

އެމްއެންޑީއެފް އިން ދެންމެ ބުނިގޮތުގައި ހދ.ކުޅުދުއްފުށިން ފުރައިގެން މިލަންދޫއަށް ދަތުރުކުރަމުންދަނިކޮށް، އެ ޑިންގީ ބަންޑުން ޖަހާލާފައިވަނީ ށ.ފޯކައިދޫ ކައިރިންނެވެ. 

އެމްއެންޑީއެފްއިން ބުނިގޮތުން، އެ ހާދިސާގެ މައުލޫމާތު ލިބިފަައިވަނީ މިރޭ 22:23 ހާއިރު އެވެ. އަދި ޑިންގީ ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ބުންޏެވެ. 

މި ހާދިސާ ހިނގިއިރު ޑިންގީގައި ތިބީ ކިތަށް މީހުން ކަމެއް އަދި، އެ މީހުންނާ ގުޅޭ ތަފްސީލުތަށް އަދި ލިބިފައެއް ނުވެ އެވެ. އެކަމާ ގުޅޭ ތަފްސީލުތައް ލިބޭ ވަރަކުން ހިއްސާކުރަމުންދާނެ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް