ads
ފޯކައިދޫ ކައިރިން ބަންޑުން ޖަހާލި ޑިންގީން ކަނޑުވި ދެމީހުން ފެނިއްޖެ
ރޭ ށ. ފޯކައިދޫ ކައިރިން ބަންޑުން ޖަހާލި ޑިންގީން ކަނޑުވި ދެމީހުން މިހާރު ފެނިފައި ވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، އެ ސަރަހައްދުން ދަތުރުކުރި ކަންނެލި ދޯންޏަކުން އެ ދެމީހުން ސަލާމަތް ކޮށްދީފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ.

ކަނޑުވި ދެމީހުން އެ ދޯންޏަަށް ނަގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 00:21 ހާއިރު ކަމަށާއި، އެ ދެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

ހދ. ކުޅުދުއްފުށިން ފުރައިގެން ށ. މިލަންދޫއަށް ދަތުރު ކުރަމުންދިޔަ ޑިންގީއެއް ށ. ފޯކައިދޫ ކައިރިން ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ރޭ 22:23 ހާއިރު ލިބިގެން، އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރި ވަމުންދާ ކަމަށް، ކުރިން އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ނަމަވެސް އެހެން ލިޔެވިފައިވަނީ މައުލޫމާތުގެ ކުށަކުން ކަމަށާއި، ރޭ ފޯކައިދޫ ކައިރިއަށް ބަންޑުން ޖަހާލީ މިލަންދޫން ފުރައިގެން ކުޅުދުއްފުށްޓަށް ދަތުރުކުރަމުން ދިޔަ ޑިންގީއެއް ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް