ads
އެމްއެމްޕީއާރުސީ ފައިސާ ހޯދަން މި ސަރުކާރުން ނޫޅޭ: ޔާމީން
އަމިއްލަ ވެރިކަމުގައި އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ހޯދަން މި ސަރުކާރުން ނުޅޭކަމަށް ބުނެ މި ސަރުކާރަށް ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނު އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް 

(ޕީއެންޕީންް ) ރޭ ބޫއްވި އެއްވުމެއްގައި ވާހަކަދައްކަވަމުންނެވެ. 

ވ އާރަށް ކުއްޔަށްދިން މައްސަލާގައި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ރައީސްް ޔާމީން މިވަގުތު ގޭ ބަންދެއްގައި ހުރ ނަމަވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ކަރެކްޝަނުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް އެ ނިންމެވުމަށް ގޮންޖައްސަވާ ޕީއެންޕީ ބާއްވާ ބައްދަލުވުންތަކުގައި ދަނީ ބައިވެރިވަމުންނެވެ. އަދި މިހާރު އެ ބައްދަލުވުންތަކުގައި ބައިވެރިވެ ސުވާލުކުރެއްވުމުގެ ނަމުގައި ވާހަކަވެސް ދައްކަވައެވެ. 

ރައީސް ޔާމީން ދީފައިވާ ލުއިތައް އަލުން ރިވިއުކުރަމުންދާކަމަށް ކަރެކްޝަނުން ތަކުރާރުކޮށް ބުނެފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. 

ރޭ ޕީއެންޕީން ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ އެމްއެމްޕީއާރުސީ މައްސަލާގައި މިދިޔަ ސަރުކާރަށާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުންވެސް ހިޔާނާތުގައި ގެއްލުނު ފައިސާ ހޯދަން ނޫޅޭކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. މި ސާރުކާރުން ކެމްޕެއިން ތެރޭ އެވާހަކަ ދެއްކުމަށްފަހު މިހާރު އެވާހަކަ ނުދައްކާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

" އެމްއެމްޕީއާރުސީން 350 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ގެއްލުނު. އަޅުގަނޑުމެންގެތޭރޭގައި މީރާއެއް އެބަހުރި ޕްރޮސެކިއުޓަރ ޖެނަރަލެއް އޮޑިޓަރ ޖެނެރަލެއް އެބަހުރު އެކި ލެވެލްތަކުގެ ފަނޑިޔާރު ގެތައް އެބަހުރޭ ގެއްލޭ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީ އެބަހުރޭ މި އިން އެއްވެސް ތާކަށް ގެއްލުނު ފައިސާ ހޯދުން ބޮޑުކަމަކަށް ނުވެގެން މި އުޅޭނީ ކީއްވެ" ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމީން  ވިދާޅުވީ މައްސަލާގައި ހިމެނުނު އަދީބަށް ހުކުމް އިއްވުމަށްފަހު 4 އަހަރު ނުވަނީސް މިނިވަންވެފައިވާކަމަށެވެ. އެހެންނަމަވެސް ރިޝްވަތުގެ މައްސަލައެެއްގައި އެމަނިކުފާނު ޖަލުގައި ހުންނަވާތާ 3 އަހަރުވެފައިވާކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ރާއްޖޭގައި ރިޝްވަތުގެ ފައިސާ މަނިލޯންޑިރިންނަށް ހަދާ މަނީލޯންޑިރިން ބޮޑު ޤައުމެއްގެ ގޮތުގައި ދައްކަމުން އަންނަކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. 

ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އެކަމުގެ މައުލޫމާތު ލިބިގެން އެވާހަކަތައް އޭރު އޮޑިޓަރ ޖެނެރަލް އިބްރާހިމް ނިޔާޒު ރައީސް ޔާމީންނަށް އެންގެވުމުން އެކަމާއި އެމަނިކުފާނު އަޅާ ނުލެއްވިކަމަށް އޭރުގެ އޮޑިޓަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. 

އެމްއެމްޕީއާރުސީން އެތައް ބިލިއަން ދިވެހި ރުފިޔާއަކަށް ހިޔާނާތްތެރިވިކަން އެނގުނީ ރައީސް ޔާމީނާ އޭރުގެ އެންމެ އަރިސްކޮށް އުޅުއްވި ނައިބް ރައީސް އަހްމަދު އަދީބާ ދެ ބޭފުޅުން މައްސަލަ ޖެހުނު ހިސާބުންނެވެ. އޭގެކުރިން އެކަމާއި ގުޅިގެން ދެއްކި އެއްވެސް ވާހަކައަކަށް ރައީސް ޔާމީން ފިޔަވަޅު އަޅުއްވާފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް