ads
މާފަންނު ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
މާފަންނު ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓްލެކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގައިގައި ހިމެނޭ ލޯ-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެ، މާފަންނުގެ ޖަވާހިރުމަގުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިކަމަށެވެ.

 އެ ކުންފުނިން އިތުރަށް ބުނީ ވަގުތީ ކޭބަލެއް އަޅައި އެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންކަމަށެވެ. 

އެ ކުންފުނިން ވަނީ ކަރަންޓު ހިދުމަތް މެދުކެނޑިފައި ވުމުން އާންމުނަށް ދިމާވާ ދަތި ތަކަށް ވަރަށް ބޮޑަށް މާފަށް އެދިފައިއެވެ.

 

އެ ކުންފުނިން މިއަދު ކުރި އެހެން ޕޯސްޓެއްގައިވާ ގޮތުން ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށްކުރިއަށް ގެންދާނެކަމަށެވެ.

އެ ގޮތުން މާފަންނުގެ ހަވީރީ ގޯޅިއާއި، ކެނެރީ ގޯޅި އަދި ފިޔާތޮށިމަގު ހިމެނޭ ސަރަހައްދުންގައި މިކަން ކުރިޔަށް ގެންދަން ނިންމާފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެއެވެ.

މިކަމާއި ގުޅިގެން ހެނދުނު 9:30 އިން 12:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމަށް އެ ކުންފުނިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް