ރައީސް މިފަދައިން ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވެވަޑައިގެންނެވި މޭޔަރާއި 3 މެންބަރުން ހުވާކުރެއްވުމަށް ރޭގައި ކުރިއަށް ގެންގޮސްފައިވައިވާ ރަސްމިއްޔާތުގަ އެވެ.
ރައީސް ވިދާޅުވީ މާލެއަކީ ރާއްޖޭގެ އެންމެ ގިނަ ރައްޔިތުން ދިރިއުޅެމުން އަންނަ ސަރަޙައްދަށްވާތީ މާލެއަށް ދިމާވެފައިވާ ބޮޑެތި ކަންކަން ހައްލު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އަދި ހަމައެހެންމެ މާލެއަކީ ރާއްޖޭގެ އެންމެ ގިނަ ރައްޔިތުން ދިރިއުޅެމުން އަންނަ ސަރަހައްދަށްވާތީ މާލެއަށް ދިމާވެފައިވާ ބޮޑެތި ކަންކަން ހައްލު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ވެސް ފާހަގަކުރައްވައި މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލު ކުރުމަށް ޕާކިން ބިލިންޑިންގ އެޅުމުގެ މަސައްކަތް އަންނަ އޭޕްރިލް މަހު ފެށޭނެކަމަށް ވެސް ވިދާޅުވި އެވެ.
މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށްޓަކައި އަމީނީމަގުގައި ޓްރެފިކް ޕޮލިސް ސްޓޭޝަން ކައިރީގައި އާއި ހ. ސަމޯސާވިލާ ގެއިންނާއި އަމީނީމަގުން ދަރުބާރުގެ ކައިރީގައި އޮންނަ ރުށްގަނޑު ސަރަހައްދާއި މާފަންނު ކޮރަލް ބޮލެވާޑް ސަރަހައްދުން ޕާކިންއަށް ބިން ދޫކޮށްފައިވާއިރު ހައިކޯޓު ކައިރިން މ. ސްޓާލިން އަދި ލާމި ގޭގައިވެސް ޕާކިން ޒޯނެއް ހަދާފައިވެ އެވެ.
މި ޕާކިން ބިލްޑިންގެ ސަބަބުން މާލޭގެ ޓްރެފިކްގެ މައްސަލައަށް ވެސް ހައްލެއް ލިބޭނޭކަމަށް ލަފާކުރެވެ އެވެ.
މަގުތަކަށް ނުތަކާ ވަރަށް އެއްގަމު އުޅަނދުތައް ގިނަވެފައިވާއިރު، ސަރުކާރުން ބުނަނީ ޕާކިން ބިލްޑިންތައް އަޅައިގެން މި ފަސް އަހަރުގެ ތެރޭގައި ޕާކު ކުރާނެ ޖާގައިގެ މައްސަލަ ހައްލުކުރާނެ ކަމަށެވެ.
މާލޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި ރައީސް ވަނީ މަގު ހެދުމުގެ މަޝްރޫގެ ވާހަކަ ވަނީ ދައްކަވާފަ އެވެ. އެގޮތުން މަގު ހެދުމުގެ މަސައްކަތަކީ ވަރަށް އިސްކަންދީގެން ކުރިއަށް ގެންދާނެ މަސައްކަތެއް ކަމަށާއި އޭގެތެރޭގައި، ފެންބޮޑުވުމުގެ މައްސަލައާއި، ޑީވޯޓަރިންގގެ މައްސަލަވެސް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އަދި މި މަސައްކަތަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ވެސް ޔަގީންކުރައްވާކަމަށާއި ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާ އެކީގައި މާލޭގެ މަގު ހެދުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމައް ރައީސް ވިދާޅުވި އެވެ.