ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕުގައި ސީރިއާއާ ދެކޮޅަށް މިއަދު އިންޑިޔާ ކުޅޭ މެޗުން އެ ޓީމަށް މޮޅުވާން މަޖުބޫރުއިރު، އެ ޓީމުން ކުރިން ކުޅުނު ދެ މެޗުންވަނީ ބަލިވެފައެވެ. އެއީ ވަރުގަދަ އޮސްޓްރޭލިއާ އަތުން އަދި އުޒްބަކިސްތާނު އަތުންނެވެ.
މިއަދުގެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ ބުނީ، ކުރިން ދެ މެޗުގައި ހެދުނު ގޯސްތައް މިއަދު ރަނގަޅު ކުރަން މަޖުބޫރު ކަމަށެވެ.
އޮސްޓްރޭލިޔާ އަދި އުޒްބަކިސްތާނަކީ ވަރަށް ވަރުގަދަ ޓީމުތަކެއް. އެ މެޗުތަކުގައި ވީ ކަންކަން ދެން ބަދަލެއް ނުކުރެވޭނެ. އެކަމަކު އެ މެޗުތަކުގައި ހެދުނު ގޯސްތައް ރަނގަޅު ކުރެވިދާނެ. - ސުނިލް ޗެތްރީ