ads
ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް - ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ރޯދަ މަހުގެ ތެރެއަށް އިންތިހާބު ވަންނާކަށް ބޭނުމެއް ނޫން: ޕީޕީއެމް
ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވާ ދުވަހަކީ ރޯދަމަހުގެ ދުވަހަކަށް ވުމަށް ސަރުކާރު ކޯލިޝަންއިން ވެސް ބޭނުން ނުވާ ކަމަށާއި އިންތިހާބު ރޯދަމަހާ ދިމާ ނުވާ ގޮތަށް އަދިވެސް ބަދަލު ކުރެވިދާނެ ކަމަށް ރިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ މާޗް 17 ގަ އެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާތެރެ އެވެ

މަޖިލިސް އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކުލަވައިލި ގައުމީ ލަފާދޭ ކޮމިޓީން ދަރުބާރުގޭގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ރޯދަމަހު އިންތިހާބު ބާއްވާ ގޮތަށް ކޮމިޝަނުން ނިންމީ އެއްވެސް ސިޔާސީ ޕާޓީއަކުން އެއްބަސްވެގެން ނޫން ކަމަށެވެ. 

އަދި މިހާރު ވެސް އެ ތާރީހު ބަދަލުކުރުމުގެ ފުރުސަތު އެބައޮތްކަމަށް ފާހަގަކުރެއްވި އެވެ. އެކަމަށް ދަ ޑިމޮކްރެޓުން ވެސް މިއަދު ވަނީ ތާއީދުކޮށްފަ އެވެ.

"އެ ދުވަސް ބަދަލުކުރެވޭނެ ޖާގަ ވެސް އަދިވެސް އެބައޮތް، އަދިވެސް އެބައޮތް. އެއީ ހަމަ ރައްޔިތުންގެ މަޖިލީހުން އެ ކަން ކުރެވޭނެ. ހާއްސަ ޖަލްސާތަކާ އެއްޗެހި ދައުރުން ބޭރުން ބާއްވައިގެން ކުރާ ކަންކަން އެބަކުރެވޭ،" ޝިޔާމް ވިދާޅުވި އެވެ.

މިއަދު ބޭއްވި އިންތިހާބަށް ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މަޖިލިސް އިންތިހާބުގެ ވޯޓުުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަ ވާނެ ގޮތަކަށް ކަމަށާއި ވޯޓްލާ ގަޑިއަކަށް ކަނޑައަޅާފައި ވަނީ ހެނދުނު 9:00 އިން ހަވީރު 5:00 އާ ކަމަށެވެ. 

ހަބީބު ވިދާޅުވީ ރޯދަމަހާ ދިމާވާ ގޮތަށް ނިންމަން ޖެހުނީ އެކަޑަމިކް ކަލަންޑަރަށް ސަރުކާރުން ގެނައި ބަދަލަކާ ގުޅިގެން ކަމަށެވެ.

ގައުމީ ލަފާދޭ ކޮމިޓީގެ ހުށަހެޅުންތަކަށް ބަލައި، ގޮތް ނިންމާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޖުމްލަ 284،372 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އަދި މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް