ads
ރާއްޖޭގެ މިނިވަންކަމަށް ޖިހާދު ކުރެއްވި އުތީމު ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮށްފުންމިއާ އެއްގޮތަށް ހދ. ނޭކުރެންދޫގައި ބަނދެފައިވާ ކަޅުއޮށްފުންމި -- ފޮޓޯ: ސަން
ކަޅުވަކަރު މިސްކިތް ކައިރީގައި ބަހައްޓަން، ކަޅުއޮށްފުންމި މާލެ ގެންނަނީ
ރާއްޖޭގެ ތާރީހާއި ގުޅިފައިވާ އޮޑި، ކަޅުއޮށްފުންމީގެ ނަކަލު މާލެ ގެނެސް އާންމުންނަށް ޒިޔާރަތްކުރެވޭނެ ހެން ހުޅުވައިލުގެ މަސައްކަތް ދިވެހި ސަގާފަތާއި ތަރިކަ އާއި ބެހޭ މިނިސްޓްރީން ފަށައިފި އެވެ.
Advertisement

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީ އިން ބުނީ، ކަޅުއޮށްފުންމި މާލެ ގެންނަނީ އުތީމު މަހާރަދުން ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މަޢުލޫމާތު ލިބޭނެ އިންތިޒާމުތަކާއެކު ގިނަބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން، ކަޅުއޮށްފުންމީގެ ނަކަލު ގެނެސް ބެހެއްޓުމަށް އެކަށީގެންވާ ތިން ސަރަޙައްދެއްގެ ސަރވޭ ކުރުމަށް ފަހު ކަޅުވަކަރު މިސްކިތް ހުރި މައިދާނުގައި ބެހެއްޓުމަށް ނިންމަވާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. 

ތަރިކައާއި ސަގާފަތާ ބެހޭ ވުޒާރާއިން ބުނީ ކަޅުއޮށްފުންމި މާލެ ގެނެސް، މަރާމާތުގެ މަސައްކަތްތަކަށް ފަހު އާންމުންނަށް ޒިޔާރަތްކުރެވޭ ގޮތަށް ހުޅުވައިލާނީ ހާއްސަ ރަސްމިއްޔާތަކުން ކަމަށާއި، އަދި ކުރިއަށް އޮތް ތިން ހަފުތާއެއްހައި ދުވަސް ތެރޭގައި މަސައްކަތް ނިންމައިލެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ދިގުމިނުގައި 51 ފޫޓު ހުންނަ ނަކަލު ކަޅުއޮށްފުންމި މޫދަށް ބޭލީ ޑިސެމްބަރު 2, 2015 ގަ އެވެ. މިނިވަން 50ގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލާފަ އެވެ.

ކަޅުއޮށްފުންމި މާލެ ގެންނަނީ އުތީމު މަހާރަދުން، އައްސުލްތާނުލް ގާޒީ މުހައްމަދު ތަކުރުފާނުލްއައުޒަމް ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މައުލޫމާތު ލިބޭނެ އިންތިޒާމުތަކާއެކު ގިނަބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމަށްޓަކައި ކަމަށް ސަގާފަތާއި ތަރިކަ މިނިސްޓްރީން މައުލޫމާތުދެ އެވެ.

މިހާރު ކުރިއަށްދަނީ އުޅަނދުގެ މަރާމާތަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މާލެ ގެނައުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކަޅުއޮށްފުންމިއަކީ މީލާދުން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އަލިރަސްގެފާނު ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެ މީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށްޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް