ޕީޕީއެމް އަދި ޕީއެންސީގެ މަޖިލިސް އިންތިހާބުގެ ޓިކެޓު ކަށަވަރު ވެފައިވާ 13 ކެނޑިޑޭޓުންގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ގެ އިތުރުން ރައީސް ޑރ. މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ވެސް ހިމެނެއެވެ.
އަދި ޓިކެޓު ކަށަވަރު ވި ކެންޑިޑޭޓުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް ތިއްބެވި ބައެއް މެންބަރުނާއި އެ ޕާޓީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގައި ތިއްބެވި މެންބަރުން ހިމެނެ އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ގިނަ އަދަދެއްގެ މީހުން ފޯމު ހުށަހަޅާފައިވެ އެވެ. މި ޕްރައިމަރީ ބާއްވާ ތާރީހު އެކި ފަހަރު މަތިން ފަސްކުރަމުން ގޮސް މިހާރު ނިންމައިފަ އޮތީ ޕީޕީއެމް – ޕީއެންސިގެ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށެވެ.
ޕްރައިމަރީއާ ނުލައި ޓިކެޓު ލިބުނު ދާއިރާތަކުގެ ކެންޑިޑޭޓުން:
މި ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށައެޅި ބައެއް މެންބަރުންގެ ކެންޑިޑެންސީ ވަނީ ފިތުނަ އުފެއްދި ކަމަށް ބުނެ ބަލައިނުގަންނަން ނިންމާފައި އެވެ. ނަމަވެސް އެނިންމުމާއިއެކު އުފެދުނު "ހޫނު ޒުވާބަށް ފަހު" ރައީސް މުއިއްޒު ވަނީ ހުރިހާ ކެންޑިޑޭޓުންގެ ކެންޑިޑެންސީބަލައިގަންނަން ނިންމަވައިފަ އެވެ.