ads
އޮފީސް ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވަލައިފި
އޮފީސް ޓެލެ ޑްރާމާ މުބާރާތް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވަލައިފިކަމަށް ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް (އެން.ސީ.އޭ) އިން ބުނެފި އެވެ.

އެންސީއޭއިން ބުނީ ޓެލެޑްރާމާގެ ތީމް އަކަށް ވާންޖެހޭނީ އެ އޮފީހެއް، މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ މައިގަނޑު މަސައްކަތްތަކާ ގުޅުންހުރި އަދި އިޖްތިމާއީ މައްސަލައަކަށާއި އެއަށް ޙައްލެއް ހޯދޭނެ ގޮތަކާއި ބެހޭ ގޮތުން ކަމަށެވެ. 

މީގެ އިތުރުން ރާއްޖޭގެ ގާނޫނާއި ގަވާއިދާއި ރާއްޖޭގެ ތާރީހާއި އާދަކާދަ އާއި، ހިލާފުނުވާ މުޖްތަމަޢުގައި ހިމެނޭ ދޭދޭ އަފްރާދުންގެ މެދުގައި މަސްލަހަތު ނުގެއްލޭފަދަ ތީމްއަކަށް ވާން ޖެހޭ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެ އެވެ.

މި މުބާރާތަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަގްސަދުގައި ބާއްވަމުން އަންނަ މުބާރާތެއް ކަމަށް އެ އިދާރާއިން އިތުރަށް ފާހަގަ ކުރެއެވެ.

05 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބޭއްވުމަށް އުސޫލް އާއްމުކޮށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލެވިފައިވާކަމަށާއި މި މުބާރާތުގެ ބައިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ފޯމް ހުށަހެޅުމަށް އެ އިދާރާއިން އެދިފައިވެ އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މި މުބާރާތާއި ބެހޭ މައުލޫމާތައި ގަވައިދުތައް އެ އިދާރާގެ ވެބްސައިޓް އިން ލިބެން ހުންނާނޭކަމަށާއި މި މުބާރާތުގެ ވަނަތައް ހޮވުމުގައި ބަލާނީ ހުރިހާ ފަނޑިޔާރުން ދޭ މާކްސްގެ އެވްރެޖުން އެންމެމަތީ މާކްސް ހޯދާ ފަރާތަކަށް ކަމަށް އެ އިދާރާއިން ފާހަގަ ކުރެއެވެ.

މީގެ އިތުރުން "ވިއުވާސް ޗޮއިސް" މި އެވޯޑް ލިބޭނީ އެސް.އެމް.އެސް އަށް ހުޅުވަލައިގެން އެންމެ ގިނަ އެސް.އެމްއެސް ލިބޭ ފަރާތަކަށް ކަމަށް އެންސީއޭއިން ބުނެ އެވެ.

މި މުބާރާތުގައި ބައިވެރިކުރާ ޑްރާމާތައް ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގައި ވެސް ރަމަޟާން މަހުގެ ތެރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް