ads
ކޮވިޑް
ރާއްޖޭގައި ކޮންޓްރޯލް ކޮށްފައިވާ ހޯއްގޮވާ ކެއްސުމަށް ތިން ކުދިން ޕޮޒިޓިވް ވެއްޖެ
ރާއްޖޭގައި ކޮންޓްރޯލް ކޮށްފައިވާ ބައްޔެއް ކަމަށްވާ ޕާޓޫސިސް (ހޯއްގޮވާ ކެއްސުން) ބައްޔަށް ތިން ކުދިން ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
Advertisement

އެޗްޕީއޭއިން މިއަދު ބުނީ، ގަވައިދުން ވެކްސިން ދޭން ފުށުމާ ގުޅިގެން ކޮންޓްރޯލް ކުރެވިފައިވާ މިބައްޔަށް ތިން ކުދިން ޕޮޒިޓިވް ވެފައިވަނީ ގއ. ވިލިނގިލިން ކަމަށެވެ.

އެޗްޕީއޭއިން ބުނިގޮތުގައި ހޯއްގޮވާ ކެއްސުމުގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު، އައިޖީއެމްއެޗާއި ގއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެއަށްފަހު ކޮންޓެކްޓް ވެފައިތިބި ފަރާތްތަކުގެ ތެރެއިން އެއް އަހަރުން ދަށުގެ ކުދިންނާއި ބަނޑަށް ހަ މަސް ވެފައިވާ މާބަނޑު އަންހެނުންނަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދީފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

މީގެއިތުރުން ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ގއ. އަތޮޅު ހޮސްޕިޓަލުން މިހާރު ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ.

އެޗްޕީއޭއިން ބުނީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ފެތުރޭ ހޯއްގޮވާ ކެއްސުން ޖެހުމުން ފުރަތަމަ ފެންނާނީ އާދައިގެ ރޯގާއެއްގެ އަލާމާތްތައް ކަމަށެވެ. ނަމަވެސް މި ބަލި ޖެހޭތާ ހަފްތާއެއް ފަހުން ކެއްސުން ގަދަވެ ގިނަ ދުވަހަށް ދިގުލައިން ދާނެ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

މި ބަލި ޖެހުމުގެ ފުރުސަތު ބޮޑީ ކުޑަކުދިންނަށް ކަމަށް ވާތީ، ހަތް އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ޑޯޒް ފުރިހަމަ ނުކުރާ ކުދިންނަށް ވީހާވެސް އަވަހަކަށް ވެކްސިން ދިނުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

މީގެއިތުރުން ހޯއްގޮވާ ކެއްސުމުގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

އެޗްޕީއޭއިން ބުނީ ހޯއްގޮވާ ކެއްސުމަކީ ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާ ބައްޔެއް ނަމަވެސް އެ ބަލީގެ ކޭސްތައް މަދުމަދުން ފެންނަ ކަމަށެވެ.

ހޯއްގޮވާ ކެއްސުން ބަލިން ރައްކާތެރިވުމަށް ދޭ ޕެންޓަވޭލެންޓް ވެކްސިން ދެނީ އުމުރުން ދެ މަހާއި ހަތަރު މަހާއި ހަ މަހުގަ އެވެ. އަދި ހަތަރު އަހަރު ފުރުމުން ޑީޕީޓީ ބޫސްޓާ ދެ އެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި، މި ހުރިހާ ޑޯޒެއް އޭގެ ވަގުތުގައި ފުރިހަމަކުރުން ވަރަށް މުހިންމެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް