ads
ފަސް އަހަރު ފަހުން އޮފީސްތަކުގެ ޑުރާމާ މުބާރާތް އަލުން ފަށަނީ
ފަސް އަހަރު ދުވަސް ފަހުން އޮފީސްތަޖުގެ ޑުރާމާ މުބާރާތް އަލުން ފަށަން ނިންމައިފިއެވެ.

ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ)އިން ބުނީ މި މުބާރާތަކީ، މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

މި މުބާރަތް އަލުން ފަށަން ނިންމާފައިވަނީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. 

މު ބާރަތް އަލުން ބޭއްވުމަށް އުސޫލް އާއްމުކޮށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފައެވެ.

މުބާރާތުގައި ބައިވެރިވާން އެދޭފޯމު އެންސީއޭގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ވެސް އެ ސެންޓަރުން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.

މުބާރާތުގެ އެންމެ މޮޅު ޑްރާމާއަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އެންމެ މޮޅު އަންހެން އަދި ފިރިހެން އެކްޓަރަށް 15،000 ރުފިޔާގެ ފައިސާގެ އިނާމުވަނީހުށަހަޅާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް