ads
ކެޔޮދޫ ޒުވާނަކު މަރާލި މައްސަލަ ސާބިތު ނުވި
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަނިކު މަރާލި މައްސަލާގައި ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ސެޕްޓެމްބަރު، 2017 ގައި ސައިކަލެއްގައި ދަނިކޮށް ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މޫސާ އަހުމަދުމަނިކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމީ ހޯމަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ މޫސާ އަހުމަދަށް ހަމަލާދިނީ ސައްމާހު ކަމަށް ކޯޓުގައި ހެކިބަސް ދިނީ އެންމެ މީހެއް ކަމަށާއި އަދި އެ ހެކިވެރިޔާ ވެސް ފަހުން ކޯޓަށް ފޮނުވި ސިޓީއެއްގައި، ކުރިން ހެކިބަސް ދިނީ ދައުލަތުން ބިރު ދެއްކުމުން ކަމަށް ބުނެފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެ ހެކިވެރިޔާގެ ހެކިބަހަށް އެކަނި ބެލިޔަސް އެއީ އިތުބާރު ހިފޭ ހެކިބަހެއް ކަމަށް ބެލެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ސައްމާހު އާއި އިތުރު މީހެއްގެ މައްޗަށް މަގްބޫލު ސަބަބެއް ނެތި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ ވެސް ކުރި އެވެ. އެއީ ހަމަލާދިން ސަރަހައްދުގައި ވަޅި ގެންގުޅުނު ކަމަށް ބުނެ އެވެ. ނަމަވެސް އެ ދައުވާ ވެސް ސާބިތުނުވާކަމަށް ވަނީ ހުކުމްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް