ads
އެންވާރަމަންޓު މިނިސްޓްރީގެ ވަފުދެއް އައްޑޫގައި
އެންވާރަމަންޓު މިނިސްޓްރީގެ އިސްބޭފުޅުން އައްޑޫއަށް ޒިޔާރާތް ކުރައްވަމުން ގެންދަވާކަމަށް އެންވާރަމަންޓު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ޒިޔާރާތުގައި މިނިސްޓާ އޮފް ކްލައިމެޓު ޗޭންޖް އެންވަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ބައިވެރިވެވަޑައިގަންނަވާކަމަށެވެ. 

މި ޒިޔާރާތުގައި އެ މިނިސްޓްރީގެ ބޭފުޅުން ވަނީ އައްޑޫގެ ގަމުގައި ހުންނަ މެޓު އޮފީހަށްގޮސް އެތަނުގައި ކަންތައްތައް ހިންގަމުންދާ ގޮތް ބައްލަވާފައިވެއެވެ.

މީގެ އިތުރުން އައްޑޫ ހުޅުދޫގައި ހުންނަ ވެމްކޯ ފެސިލިޓީއަށް އަދި ހުޅުދޫގައި ހުންނަ ސައުތް ވޭސްޓް މެނޭޖްމަންޓް ޒިޔާރާތް ކުރައްވާ އެތަން ތަނުގައި ކުނި މެނޭޖްކުރުމަށް އަދި ކުނި ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތް ބައްލަވާ ތަރައްގީ ކުރެވެން ހުރި ކަންކަމާއި ބެހޭ ގޮތުން މަސްވަރާ ކުރައްވާފައިއެެވެ.

އަދި އެ ރަށުގެ ފެނަކާ ޕްލާންޓާއި ހުޅުމީދޫގައި އަލަށް ތަރައްގީ ކުރަމުން އަންނަ ޕަވާ ހައުސް ޕްރޮޖެކްޓުގެ ކުރިޔަށް ގެންދާ ސައިޓަށް ޒިޔާރާތް ކުރައްވާ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާފައިއެެވެ.

މިނިސްޓަރު ވަނީ މީދޫގައި އަށް ރަށް ގިރުމުގެ މައްސަލަ ދިމާވާ ތަނަށް ގޮސް އެކަން ހުއްޓުވޭނެ ގޮތުކާއި މެދު މަޝްވަރާކުރައްވާފައި އެވެ.

ވަޒީރު ތޯރިގް އާއި ވުޒާރާގެ ޓީމެއް މިހާރު އައްޑޫ ސިޓީގައި ހަރަކާތްތެރިވަމުންދާއިރު، އެ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ އައްޑޫގެ ކުނި މެނޭޖްކުރުމަށާއި ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތައް ދިރާސާކޮށް، އެކަމަށް ހައްލު ހޯދުމެވެ.

މިގޮތުން، ވަޒީރު ތޯރިގް އައްޑޫ ސިޓީގެ މޭޔަރުގެ އިތުރުން، އައްޑޫ ސިޓީގެ ކައުންސިލާއި އެސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކައުންސިލްގެ މެންބަރުންނާއި ވަނީ ބައްދަލުކުރައްވާފައެވެ. އަދި، ވަޒީރު ވަނީ އައްޑޫގައި ޤާއިމްކޮށްފައިވާ ވެމްކޯ އާއި ފެނަކައިގެ ސައިޓްތައް ބައްލަވާލައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް