ads
ފިރިމީހާގެ ހަނދާނުގައި ހުވަފަތް އަނބިމީހާ މިސްކިތެއް ބިނާކުރަނީ
ކެންސަރު ބަލީގައި ނިޔާވި އަހްމަދު އަލީމްގެ ހަނދާނުގައި، އޭނާގެ ހުވަފަތް އަނބިމީހާ ނަބީލާ ޝިހާބު އުފެއްދި އަލީމް ފައުންޑޭޝަނުން ހުޅުމާލޭގައި މިސްކިތެއް ބިނާކުރަން އިސްލާމިކް މިނިސްޓްރީއާ އެކު ސޮއިކޮށްފި އެވެ.

މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެ މަސައްކަތުގެ އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އަލީމް ފައުންޑޭޝަންގެ ޗެއާޕާސަން ނަބީލާ ޝިހާބެވެ.

އަލީމް ފައުންޑޭޝަނުން ފުރަތަމަ މިސްކިތް ބިނާކުރަން ރޭވީ އަލީމާއި އާއިލާ ދިރިއުޅެމުން ދިޔަ އޮސްޓްރޭލިއާގަ އެވެ. ނަމަވެސް އެ ފައުންޑޭޝަންގެ ހަރަދުގައި ރާާއްޖޭގައި މިސްކިތް ބިނާކުރުމަށް ނިންމީ އިސްލާމިކް މިނިސްޓްރީގެ އެއްބާރުލުމާއެކުގަ އެވެ. 

ނަބީލާ ވަނީ އޮސްޓްރޭލިއާގެ ޕާތުގައި މިސްކިތަކާއި ހިނަވާގެއެއްގެ އިތުރުން އެ ތަނުގެ ފަގީރުންނަށް ހާއްސަކޮށްގެން ސޫޕް ކިޗަންއެއް ހެދުމަށް އެއް ދުވަހުގެ ހަރަކާތެއް ހިންގައި، ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާފަ އެވެ. ނަމަވެސް ނަބީލާ ފަހުން ނިންމީ އެ ފައިސާ އޮސްޓްރޭލިއާގައި މިސްކިތް އެޅުމަށް ހަރަދު ކުރުމަށެވެ.

ފުލުހުންގެ ހިދުމަތުގައި ވެސް މަސައްކަތް ކޮށްފައިވާ އަލީމް މަތީ ތައުލީމު ހާސިލުކުރުމަށް އޮސްޓްރޭލިއާއަށް ބަދަލުވީ މީގެ 13 ވަރަކަށް އަހަރު ކުރިންނެވެ.

އަލީމް ނިޔާވީ ބައިލް ޑަކްޓް ކެންސަރުގެ އެންމެ ފަހު ސްޓޭޖްގައި، 2022 ވަނަ އަހަރުގެ އޭޕްރީލް މަހަގު 15 ވަނަ ދުވަހުގަ އެވެ. އަލީމް ނިޔާވިއިރު އޭނާގެ ދެ އަންހެން ދަރިން ތިއްބެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް