ވެމްކޯއިން ނެރުން ނޫސް ބަޔާނުގައި ވަނީ ކުނިކޮށީގައި އެގޮތަށް ރޯކޮށްލުމުން އެ ކޮށީގެ ވަށާއިގެން ދިރިއުޅޭ ފަރާތްތަކަށް ދުމާއި ނުބައިވަހުގެ އަސަރު ވަރަށް ބޮޑަށް ކުރާކަމަށާއި ކޮންމެފަހަރަކު އަލިފާންގަނޑު ނިއްވާލުމަށް ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓު އެހީ ހޯދަން ޖެހޭކަމުގަ އެވެ.
މިކަން ތަކުރާރުކޮށް ކުރަމުންދަނީ ވަކި މަގުސަދެއްގައި ނަމަވެސް މިކަމުގެ ސަބަބުން އުނދަގޫވެގެން ދަނީ ހަމަ ރަށުގެ އާންމު ރައްޔިތުންނައް ކަމަށް އެ ނޫސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
އެ ނޫސް ބަޔާނުގައި ވަނީ މިކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކާއި އެ ކުންފުނިން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށާއި އެ ގޮތުން ކުނިކޮށީގެ ސެކިއުރިޓީ ވަރުގަދަކުރަން ނިންމާފައިވާކަމަށް އެ ކުންފުނިން ފާހަގަ ކުރެއެވެ.
މީގެ އިތުރުން މިކަން ހުއްޓުވުމުގައި އެ ރަށުގެ ކައުންސިލްގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ވަރަށް އިހުލާސްތެރި ކަމާއިއެކު ސުކުރު ދަންނަވާކަމަށެވެ.