ads
"ސަރުކާރުގެ ސިޔާސަތު ހުރީ ދުނިޔޭގެ ގަދަ ބާރަކާ ޖެހޭ ގޮތަށް"
މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކޮށްފައި ވަނީ ދުނިޔޭގެ ގަދަ ބާރެއްގެ ގޮތުގައި އޮތް އަވައްޓެރި ގައުމަކާ މައްސަލަ ޖެހޭ ގޮތަށް ކަމަށް ދަ ޑޮމޮކްރަޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
Advertisement

އެމްޑީޕީއާއި ޑިމޮކްރަޓްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ، ރާއްޖެއާ އަވައްޓެރި ގައުމަކާ ދެމެދު މަސްލަހަތު ގެއްލޭ ގޮތަށް އެއްވެސް ސަރުކާރަކުން އަމަލު ކުރުމަކީ ޑިމޮކްރަޓްސްއިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ލަތީފް ވިދާޅުވީ މި ސަރުރާރުގެ ހާރިޖީ ސިޔާސަތު އެފަދަ ގޮތަކަށް ބައްޓަންކޮށް، އެގޮތަށް އަމަލު ކުރަމުން ދިއުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، އެއީ ދިވެހި ރައްޔިތުންނަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ހަގީގަތުގަ އަޅުގަނޑުމެން އެންމެބޮޑަށް މި ސަރުކާރާ ކަންބޮޑުވާ އެއް ކަމަކީ މި ދެންނެވި ގޮތަށް، ވަރަށް ނުރަނގަޅު ގޮތަކަށް މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށް، މި ދެންނެވި ކަހަލަ ބޮޑު ބާރަކާ މި ރާއްޖޭގެ ހާރިޖީ ސިޔާސަތު ޖެހޭ ގޮތަށް، ޖެހިގަންނަ ގޮތަށް ބައްޓަންކުރަމުން އަދި އެއާ ދޭތެރޭ އަމަލު ކުރަމުން ދާކަން،" ހަސަން ވިދާޅުވި އެވެ.

ސަރުކާރުން އެފަދަ ނޭދެވޭ ސިޔާސަތެއް އެގައުމަކާމެދު ގެންގުޅޭ ގައުމަކީ، ދިވެހި ރައްޔިތުންނާއި މުޅި ގައުމަށް ވެސް އިންތިހާ ދަރަޖައަށް ގެއްލުންވެދާނެ ފަދަ ފިޔަވަޅުތަކެއް އެޅޭހާ ބާރުގަދަ ގައުމެއް ކަމުގައި ލަތީފް ފާހަގަ ކުރެއްވި އެވެ.

މީގެއިތުރުން ލަތީފް ވިދާޅުވި ގޮތުގައި ކަންބޮޑުވުން އުފެދުނީ ވަކި ގައުމަކާއެކު ގުޅުން ބޮޑުވުމުން ނޫން ކަމަށާއި، ރާއްޖެ ފަދަ ކުޑަ އަދި އެހެން ގައުމުތަކަށް ބަރޯސާ ވާން ޖެހޭ ގައުމަކުން، ދުނިޔޭގެ ބޮޑު ބާރެއް ކަމަށްވާ އަވައްޓެރި ގައުމަކާ ޖައްސާލައިގެން އުޅުމަކީ ޒިންމާދާރު ސަރުކާރަކުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

ލަތީފްގެ ވާހަކައިގައި ވަކި ގައުމެއްގެ ނަން ވިދާޅުނުވި ނަމަވެސް، އޭނާ އިޝާރާތް ކުރެއްވީ އިންޑިއާއަށް ކަމުގައި ބެލެވެ އެވެ.

ދާދިފަހުން މީސްމީޑިއާގައި ދިވެހި ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން އިންޑިއާއާމެދު ދެއްކެވި ވާހަކަތަކާ ގުޅިގެން ދެ ގައުމުގެ ދެމެދު މަސްލަހަތު ގޯސްވެފައި ވަނިކޮށް، ސަރުކާރުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އެ ގައުމުގައި އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް