ads
އދގެ ޓޫރިޒަމް ޖަމިއްޔާގެ އެޑްވައިޒަރަކީ ޖަނާހް
އދ ގެ ޓޫރިޒަމް ޖަމިއްޔާގެ އެޑްވައިޒަރަކަށް މުހައްމަދު އަލީ ޖަނާހު އައްޔަންކޮށްފި އެވެ.

މިކަން ހާމަކޮށް ޖަނާހު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މި މަގާމު ލިބިވަޑައިގަތުމަކީ ޝަރަފެއް ކަމަށާއި ޖަނާހް ވަނީ ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލީއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މި މަގާމު ޖަނާހް އާއި ހަވާލު ކޮށްފައިވަނީ 23 ޖެނުއަރީ 2024 ސްޕެއިންގެ މެޑްރިޑްގައި ކުރިއަށްދާ ފިތޫރު ފެއާގައެވެ.

މީގެ އިތުރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ދުނިޔޭގެ ފެންވަރުގައި ކުރާނެކަމަށްވެސް ޖަނާހް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް އެޑްވައިޒަރުގެ މަގާމުގައި ވެސް ހުންނެވި ޖަނާހަކި ރާއްޖޭގެ ކޮންސްޓްރަކްޝަނާއި ޓޫރިޒަމް އިންޑަސްޓްރީގައި ފުޅާދާއިރާއެއްގައި މަސައްކަތް ކުރައްވާ ބޭފުޅެވެ. އެގޮތުން އޭނަ އަކީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ)ގެ ރައީސް މެ އެވެ.

ޖަނާއަކީ 52 ރިސޯޓު ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައިވާ ރާއްޖޭގެ ކޮންސްޓްރަކްޝަނާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ތަޖުރިބާކާރެކެވެ. އޭނާ އަށް މި ލިބުނު އެޑްވައިޒަރުގެ މަގާމަކީ މީގެކުރިން ދިވެއްސަކަށް ލިބިފައި ނުވާ މަގާމެކެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް