ads
ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާނެކަމެއް ނުކުރާނެ: ފައިސަލް
ސަރުކާރުން ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާނެ ފަދަ ކަމެއް ނުކުރާނެކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން އިތުރުވުމާ އެއްވަރަށް އެ ތަންތަނުގައި ހިދުމަތް ދޭނެ ދިވެހި ފަންނާނުން ނެތް ކަމަށް ބުނެ، ބޭރުގެ މިއުޒިޝަނުންނަށް ވޯކް ވިސާ ދިނުމަށް މަޓީން އެދިފައިވާތީ، އެކަމާއި މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އިން ކަންބޮޑުވުންފާޅުކޮށްފައި ވަނިކޮށެވެ.

މަޓީން ސަރުކާރުގައި އެގޮތަށް އެދުމާއެކު މިއުޒިޝަންސް ޔޫނިއަނުން "އެކްސް"ގައި ކުރި ޕޯޯސްޓެއްގައި ބުނެފައިވަނީ، ބޭރުގެ ފަންނާނުނަށް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ދިވެހި ފަންނާނުން ނެތް ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކޮށް، އެފަދަ ވާހަކަ ތަކުން ދިވެހި ފަންުވެރިންގެ އަގު ވެއްޓުމުގެ ފުރުސަތު ނުދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

މިއުޒިޝަންސް ޔޫނިއަނުން ބުނީ ރާއްޖޭގައި ގިނަ ދިވެހި މިއުޒިޝަނުން އެބަ ތިބި ކަމެށެވެ. އަދި އެމީހުން ތިބީ ފުރުސަތެއްގެ އިންތިޒާރުގައި ތައްޔާރަށް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި މިއުޒިޝަނުން ހަރަކާތްތެރިވާ މިންވަރާ ގުޅޭ ގޮތުން މަޓީއިން ދެއްކި ވާހަކައަށް ބާރުދޭ ދިރާސާއެއް އާންމުކުރުމަށް މިއުޒިޝަންސް ޔޫނިއަނުން ވަނީ އެދިފަ އެވެ. އަދި ތަފާސްހިސާބުތަކުން މިކަމުގެ ހަގީގަތް ހާމަ ވާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން ފައިސަލް މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ދިވެހި ފަންނާނުންނަށް ދޭން އޮތް ޔަގީން ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން" ކަމަށެވެ.

ދިވެހި ފަންނާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަހި ފުރުސަތު ހޯދައިދިނުމަކީ ރައީސްގެ އަމާޒެއްކަަމަށް ވިދާޅުވިއެވެ.

ކުރިޔަށް އޮތް ދުވަސްތަކުގަައި ކަމާއި ގުޅުން ހުރި ބޭފުޅުންނާއި ބައްދަލުކޮށް ހުރި ކަންބޮޑުވުންތައް އަޑު އަހާ، ރައީސްގެ ލަފަޔާއެކު ކަންކަން ހައްލުކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް