ads
ރޮނާލްޑޯއާ އޭނާގެ ލޯބިވެރިޔާ
ރޮނާލްޑޯ އަނިޔާގައި، ލޯބިވެރިޔާ ރާއްޖޭގައި
ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަނިޔާވެ، އަލްނަސްރުން ކުޅެން އޮތް ޕްރީ ސީޒަން ދެ މެޗު ފަސްކޮށްފައިވަނިކޮށް، އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް، ރާއްޖެއަށް ނިސްބަތްވާ ދުނިޔޭގެ ފުރަތަމަ މަތީ ފަންތީގެ ލެޝާ އެއާލައިން ބިއޯންޑްގައި ރާއްޖެ އަތުވެއްޖެއެވެ.

އަލް ނަސްރުން ފަސްކޮށްފައި ވަނީ، ޗައިނާގައި ކުޅުމަށް ތާވަލުކޮށްފައިވާ ދެ މެޗެވެ. އެއީ ޝަންހާއީ ޝެންހުއާ އަދި ޒޭޖިއާން އެފްސީއާ ދެކޮޅަށް ކުޅުމަށް ތާވަލުކޮށްފައިވާ މެޗުތަކެވެ. 

އޭގެ ތެރެއިން ފުރަތަމަ މެޗު މިއަދު ކުޅެން އޮތް އިރު ދެ ވަނަ މެޗު ކުޅުމަށް ތާވަލުކޮށްފައި އޮތީ އާދީއްތަ ދުވަހު އެވެ. ނަމަވެސް، ރޮނާލްޑޯ އަށް އަނިޔާވުމުގެ ސަބަބުން، ދެ މެޗު ފަސްކޮށްފައިވަނިކޮށް އޭނާގެ ލޯބިވެރިޔާ މިއަދު ރާއްޖެ އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ދަތުރުގައި ޖޯޖީނާއާ އެކު ރޮނާލްޑޯ އާއި އާއިލާއިން ބައިވެރިވާ ކަމެއް ސާފެއް ނޫނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް