ads
މަސްއޮޑި ޓީމުގެ ހޮކޭ
މަސްއޮޑިން ގްރޫޕް ސްޓޭޖު ހުރިހާ މެޗެއް ނަގައިފި
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ހުރިހާ މެޗަކުން މޮޅުވެގެން، މަސްއޮޑީ ސްޕޯޓްސް ކްލަބުން ގްރޫޕް ސްޓޭޖު ނިންމާލައިފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މަސްއޮޑި މިއަދުވަނީ ކުޑަހެންވޭރު އަތުން މޮޅުވެފައެވެ. ކުޑަހެންވޭރު އަތުން މަސްއޮޑި މިއަދު މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. 

މެޗަށް ނުކުތްއިރުވެސް ކުއާޓާ ފައިނަލުގެ ޖާގައެއް ޔަގީންވެފައިވާ މަސްއޮޑިން މިއަދު ލަނޑު ޖެހީ ހުސެއިން ޝަރީފެވެ.

މަސްއޮޑިން ގުރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލީ ކުޅުނު ހަތަރު މެޗުންވެސް މޮޅެވެ 12 ޕޮއިންޓާއެކުއެވެ. މި ގުރޫޕުގެ ދެވަނައިގައި އޮތް ކުޑަ ހެންވޭރާއި ތިންވަނައިގައި އޮތް މަހިބަދޫ ސްޕޯޓްސް ކުލަބަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. މި ދެ ޓީމު އަންނަ އާދިއްތަ ދުވަހު ބައްދަލުކުރާއިރު، އެ މެޗު ކާމިޔާބުކޮށްގެން މުބާރާތުގެ ކުއާޓާ ފައިނަލަށް ދިޔުމުގެ ފުރުސަތު ދެ ޓީމަށްވެސް އެބައޮތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް