ads
މޯލްޑިވިއަނުން ހޯރަފުއްޓަށް ހަފްތާއަކު 4 ދަތުރު ކުރަން ފަށަނީ
މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހއ. ހޯރަފުއްޓަށް ހަފްތާއަކު ހަތަރު ދަތުރު ކުރަން ފަށާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފި އެވެ.

މޯލްޑިވިއަނުން މިރޭ ބުނެފައިވަނީ، އެ އެއާލައިނުން ހޯރަފުއްޓަށް ކުރާ ދަތުރުތައް އިތުރުކޮށް، އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަފްތާއަކު ހަތަރު ދަތުރު ކުރާނެ ކަމަށެވެ.

އެގޮތުން މިއަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހާ ހަމައަށް ހޯރަފުށީ އެއާޕޯޓަށް ހަފްތާއަކު ހަތަރު ދުވަހު ދަތުރު ކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

އޭޕްރިލް މަހުން ފެށިގެން މޯލްޑިވިއަނުން ހޯރަފުއްޓަށް ދަތުރު ކުރާނީ، އާދިއްތަ, އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުގަ އެވެ.

ހޯރަފުށީ އެއާޕޯޓަށް މޯލްޑިވިއަނުން މިހާރު ދަތުރު ކުރަމުން ދަނީ ހަފްތާއަކު ތިން ދުވަހުގަ އެވެ. އެއީ އާދިއްތައާއި ބުދަ އަދި ހުކުރު ދުވަހެވެ.

މިދިޔަ އަހަރުހެ އޮގަސްޓް މަހުގެ ތެރޭގައި ހޯރަފުށީ އެއާޕޯޓަށް ވަނީ ރޭގަނޑު ދަތުރުތައް ވެސް ފަށާފަ އެވެ. އަދި އެއާއެކު އެ އެއާޕޯޓުގެ އޮޕަރޭޝަންތައް 24 ގަޑިއިރަށް ބަދަލުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް