ads
ރައީސްއަކީ ސިއްރުން ބައްދަލުކުރަންޖެހޭ ފަރާތެއް ކަމަކަށް ނުދެކެން: މަހުލޫފް
ރައީސް މުއިއްޒު އަކީ ސިއްރުން ބައްދަލުކުރަންޖެހޭ ފަރާތެއް ކަމަށް ނުދެކޭ ކަމަށް ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
Advertisement

މަހްލޫފް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުއިއްޒު އާއި މ. ދިމްޔާތުގައި އޭނާ ބައްދަލުކުރި ކަމަށް ބުނެ ފަތުރާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމަށާއި ރައީސް އަކީ ސިއްރުން ބައްދަލުކުރަންޖެހޭ ފަރާތެއްކަމަށް އޭނާ ނުދެކޭކަމަށެވެ. 

މަހުލޫފް މިހެން ވިދާޅުވެފައި މިވަނީ އިއްޔެގައި އޭނާ އާއި ރައީސް ޑރ. މުއިއްޒުގެ ސިއްރު ބައްދަލުވުމެއް ދިމްޔާތުގައި ކުރިޔަށް ދާ ކަމަށް ބުނެ ސޯސަލް މީޑިޔާގައި އަޑު ފެތުރިގެން ގޮސްފައިވާ ވަގުތެއްގައި އެވެ. 

މަހުލޫފް ފާހަގަ ވެގެންގޮސްފައިވަނީ ނިމިދިޔަ ސަރުކާރު ހިންގުމުގައި އިސްރޯލެއް އަދާ ކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގައި އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުން ޓީމުގެ އެންމެ އިސްރޯލެއް އަދާ ކުރައްވާ ރައީސް ސޯލިހުގެ އެންމެ އަރިހުގައި މަސައްކަތްކުރެއްވި އެއް ބޭފުޅަކީ ކުރިން މަޖިލިސް މެމްބަރުކަން ވެސް ކުރެއްވި މަހުލޫފް އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް