ads
ދިވެހިން އެދެނީ ހުރިހާ ގައުމަކާ އެކު ރަނގަޅު ގުޅުމެއް ގާއިމުކުރަން: މޫސާ ސިރާޖު
ދިވެހިން އެދެނީ ހުރިހާ ގައުމަކާ އެކު ރަނގަޅު ގުޅުމެއް ގާއިމުކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

ސިރާޖު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މި ޕޯސްޓްގައި ސިރާޖު ވިދާޅުވެފައިވަނީ ރައްޔިތުން މި ސަރުކާރު ގެނައި މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުން ގެންގުޅުން ފޮރިން ޕޮލިސީ ކަމުނުދިޔުން ކަމަށެވެ. އަދި ދިވެހިން އެދެނީ ހުރިހާ ގައުމަކާ ރަނގަޅު ގުޅުމެއް ގާއިމުކޮށް، ވަކި ގައުމަކަށް ބަރޯސާނުވެ، ދިވެހިން ހިންދަމައިލުމަށް ކަމަށާއި އަދި ރައީސް ޑރ. މުއިއްޒުގެ ފޮރިން ޕޮލިސީ ބަރާބަރު ކަމަށެވެ. ސިރާޖު ވަނީ ރައީސް ގެންގުޅުއްވާ ފޮރިން ޕޮލިސީ އަކީ ޕްރޯ މޯލްޑިވްސް ކަމުގައިވެސް ވިދާޅުވެފައެވެ.

ކޮޅު ބަދަލު ކުރި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ މޫސާ ސިރާޖު ޕީއެމްއަށް ސޮއިކޮށްފައިވަނީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.

އެމްޑީޕީ އިން ވަކިވުމަށް އެދި ޗެއާޕާސަން ފައްޔާޒުއަށް ސިރާޖު ފޮނުއްވި ސިޓީގައި އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ، އެ ޕާާޓީގެ ދަފްތަރުން މިއަދުން ފެށީގެން ނަން އުނިކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައި ވެއެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ތާއީދު ކުރެއްވީ މިހާރުގެ ރައީސް ޑރ. މުއިއްޒުއަށް ކަންވެސް ފާހަގަ ކޮށްލެވެ އެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް