ads
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކަޅުއޮށްފުންމި އަކީ އަނގަމަތި މަސްދޯންޏެއް ކަމަކަށް ނުބެލެވޭ: ނަޝީދު
ރާއްޖޭގެ މިނިވަން ކަމުގެ ފަތްފުށްތަކާ ގުޅިފައިވާ ކަޅުއޮށްފުންމި އަކީ އަނގަމަތި މަސްދޯންޏެއްގެ ބައްޓަމަށް ފަރުމާ ކުރެވިފައިވާ އުޅަނދެއް ކަމަށް ނުބެލޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު "އެކްސްގަ"އި ކުރެއްވި ޕޯސްޓެއްގައި ވިދާޅޅުވީ، ކަޅުއޮށްފުންމިއަކީ އަނގަމަތި މަސްދޯންޏެއްގެ ގޮތުގައި ސިފަކޮށްފައިވަނީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ މަސްދޯންޏަކަށްވުރެ ކަޅުއޮއްފުންމިއަކީ ހަނގުރާމަވެރި ނަވެއް ކަމަށް ބެލެވޭ ކަމަށެވެ.

"އުތީމު ތަކުރުގެ އޮޑިއަކީ ބަޑި ބެހެއްޓި ނަވަކަށްވުން މާ ގާތް" ތާރީހު ދިރާސާކުރުމުގެ ޝައުގު އަބަދުވެސް ގެންގުޅުއްވާ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ބަނދެފައިވާ ކަޅުއޮށްފުންމީގެ ނަކަލު އޮޑި ވެސް ފަރުމާ ކުރެވިފައި ވަނީ އިހުގެ މަސްދޯންޏެއްގެ ބައްޓަމަށެވެ. އަދި އުތީމު ތަކުރުފާނު ޖިހާދަށް ނުކުންނެވީ އަނގަމަތި މަސްދޯނި ގަނޑެއްގައި ކަމަށް ބުނާ ވާހަކަތަކެއް ވެސް ތާރީހުގެ ފޮތްތަކުގައިވެ އެވެ.

your imageކަޅުއޮއްފުންމި

ކަޅުއޮށްފުންމިއަކީ މީލާދުން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އަލިރަސްގެފާނު ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެ މީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށްޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ.

ރާއްޖޭގެ ތާރީހާއި ގުޅިފައިވާ އޮޑި، ކަޅުއޮށްފުންމީގެ ނަކަލު ރޭ ވަނީ މާލެ ގެނެސްފަ އެވެ. އަދި ކަޅުވަކަރު މިސްކިތް ކައިރީ ބަހައްޓައި އާންމުންނަށް ޒިޔާރަތްކުރެވޭނެހެން ހުޅުވައިލުގެ މަސައްކަތް، ދިވެހި ސަގާފަތާއި ތަރިކަ އާއި ބެހޭ މިނިސްޓްރީން ވަނީ ފަށައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް