ads
ގުވަނަވަނެއް އިންދުން ހުއްދަވާނީ އަގެއް ނުނަގާ ނަމަ: ފަތުވާ މަޖިލިސް
އެހެން މީހެއްގެ ގުނަވަނެއް އިންދުން ހުއްދަ ވާނީ އެ ގުނަވަން ހޯދުމަށްޓަކައި ގުނަވަނުގެ ވެރިޔާއަށް އެއްވެސް އަގެއް ދޭން ނުޖެހޭ ހާލަތުގައި އެކަނި ކަމަށް ފަތުވާ މަޖިލިހުން ބުނެފި އެވެ.

ފަތުވާ މަޖިލިހުން މިއަދު ނެރުނު ފަތުވާގައި ބުނެފައިވަނީ، ފައިސާ ނުވަތަ އެެހެން ހަދިޔާއެއް ދޭ ގޮތަށް މީހެއްގެ ގުނަވަނެއް އެހެން މީހަކަށް ބަދަލުކޮށް އިންދުން ހުއްދަ ނުވާނެ ކަމަށެވެ. 

ވަކި ޝަރުތުތަކަކާ އެކު އިންސާނުންނާއި ޖަނަވާރުގެ ގުނަވަން އިންދުން މުސްލިމުންނަށް ހުއްދަ ނަމަވެސް، ޝަރުތުތައް ހަމަވާ ހާލަތްތަކުގައި ވެސް އަގަށް އެކަން ކުރުން ހުއްދަ ނުވާނެ ކަމަށް ފަތުވާ މަޖިލިހުން ބުނެއެވެ.

"އެއީ އިންސާނެއްގެ ގުނަވަނެއް، ނުވަތަ ހަށިގަނޑުން ބައެއް ވިއްކުމަކީ ހުރިހާ ހާލަތެއްގައި ވެސް ހުއްދަނޫން ހަރާމް ކަމަކަށް ވާތީ އެވެ،" ފަތުވާގައި ބުނެފައިވެ އެވެ.

އެ ފަތުވާގައިވާ ބުނީ އެހެން މީހެއްގެ ގުނަވަނެއް ނުވަތަ ޖަނަވާރެއްގެ ގުނަވަނެއް ހަށިގަނޑުގައި އިންދުން މުސްލިމަކަަށް ހުއްދަވާނީ ދެ ހަލާތެއްގައި ކަމަށެވެ. އެއީ އެ ފަރުވާ ނުދީފި ނަމަ މީހެއްގެ ފުރާނައަށް ނުރައްކާވާ ހާލަތާއި، ފުރާނަަ ސަލާމަތް ވިޔަސް ގުނަވަނެއް ބަދަލުކުރުމުގެ ބޭނުންތެރިކަން އޮންނަ ހާލަތުގަ އެވެ.

މީގެއިތުރުން ދިރިހުރި މީހެއްގެ ގުނަވަނެއް އެހެން މީހެއްގެ ހަށިގަނޑަށް ބަދަލުކުރެވޭނީ ގުނަވަން ހަދިޔާކުރާ މީހާގެ ފުރާނައަށް އެކަމުގެ ސަބަބުން ގެއްލުމެއް ނުވާނެ ފަދަ ގުނަވަނާއި، ނެގިޔަސް އަލުން އުފެދޭނެ ގުނަވަންތަކެވެ. އެގޮތަން ކިޑްނީ އިންދުމާއި އެކެއްގެ ގައިން ލޭ ނަގައި އަނެކެއްގެ ގަޔަށް އެޅުން ފަދަ ކަންކަން ޝަރުރުތަކުހެ ތެރެއިން ހުއްދަވެ އެވެ.

ފަތުވާގައި ވާގޮތުން އިންސާނުންނާއި ޖަނަވާރުންގެ އުރަވަޅި ފަދަ ނަސްލު އޮޅިދާނެ ގުނަވަން އިންދުން މުސްލިމުންނަށް ހުއްދަ ނުވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް