ads
ކަޅުއޮށްފުންމީ ނަކަލު ބޭއްވި ތަން އެއްގޮތަކަށްވެސް ނުގުޅޭ: ޔުމްނާ
ކަޅުއޮށްފުންމީގެ ނަކަލުގައި މާލެ ގެނެސް ކަޅުވަކަރު މިސްކިތުގައި ބޭއްވުން އެހޭ ނުގުޅޭކަމަށް ކުރީގެ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
Advertisement

ޕޯޗްގީޒުންގެ އަތުން ރާއްޖެ މިނިވަންކުރުމަށް ބޮޑުތަކުރުފާނު ޖިހާދުގެ ދަތުރުކުރެއްވި ކަޅުއޮށްފުންމީގެ ނަކަލުގައި ރޭ މާލެ ގެނެސް ސަރުކާރުން ވަނީ ކަޅުވަކަރު މިސްކިތް ހުރި ސަރަހައްދުގައި ބާއްވާފައެވެ. 

އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅު ނަކަލަކަށް ބަލައިގެން ކަޅުއޮށްފުންމީގެ ގޮތުގައި މި ދޯނި ބަނީ  ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ މުނާސަބަތާއި ގުޅުވައިގެން 2015 އަހަރުއެވެ. ދިގުމިނުގައި 51 ފޫޓު ހުންނަ މި އޮޑި މޫދަށް ބޭލީ 2015 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަދުވަހުއެވެ. 

މިނިވަންކަމަށް 50 އަގަރު ފުރިގެން ބޭއްވި އެރަސްމިއްޔާތަށްފަހު އެ އޮޑި އާރަށަށް ގެންގޮސް އޮތީ އެހެލާފަ ބާއްވާފައެވެ. ކަޅުއޮށްފުންމި މާލެ ގެނައީ ރޭގެ ވަގުތެއްގައެވެ. މި އޮޑި ގެނެސް މިހާރު ބާއްވާފައި އޮތީ ކަޅުވަކަރު މިސްކިތް ހުރި ސަރަހައްދުގައެވެ. 

މި އޮޑި ގެނެސް ކަޅުވަކަރު މިސްކިތުގައި ބޭއްވުމުން ކުރީގެ ހެރިޓޭޖް މިނިސްޓަރ ޔުމްނާ ވިދާޅުވީ ކަޅުއޮށްފުންމީގެ ނަކަލު ބާރަށުގައި އެ އޮޑި އަސްލު ބަން އޮޑިވަޅުގައި ބާއްވަން  ޕްލޭންކޮށް ކޮންސެޕްޓްވެސް  ތައްޔާރުކޮށް އެކަން ކުރީގެ ހެރިޓޭޖް މިނިސްޓްރ ނިންމާފައިވާކަމަށެވެ. ޔުމްނާ ވިދާޅުވީ ސަގާފީ ތަރިކައެއްގެ ސަގާފީ އަގު ގުޅިފައި އޮންނަނީ އެ އެއްޗަކާ ގުޅޭ ތާރީޚީ ވާހަކަތަކާ އެ އެއްޗެއް ނިސްބަތްވާ ތަނަކާކަމަށެވެ. ޔުމްނާގެ މި ވާހަކަތަކަށް ތާއިދުކޮށް ބައެއް މީހުން ބުނީ މުހިއްމު އާސާރީ ހުރިހާ އެއްޗެއް މާލެއަށް ޖަމާކުރަން ނުޖެހޭކަމަށެވެ. 

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ ކަޅުއޮށްފުންމި މަރާމާތުކުރުމަށްފަހު އާއްމުންނަށް އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެކަމަށެވެ. އަދި މި އޮޑި މާލެ ގެނައީ އުތީމު މަހާރަދުންގެ ކުރެއްވި މިނިވަންކަމުގެ ޖިހާދު މީހުންނަށް އަންގައިދީ އެކަން ފެންނާނެހެން ހެދުމަށްކަމަށެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް