ads
ނާޒިމް، ގާސިމް އަދި ނާޒިމް ދާއިރާއަށް ޕީއެންސީ ވާދަނުކުރާނެ
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމާއި އެމްއެންޑީއޭގެ ލީޑަރ އަހްމަދު ސިޔާމް މުހައްމަދާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާ ދާއިރާތަކުގައި ޕީއެންސީގެ ޕީޕީއެމް ކެންޑިޑެޓުން ވާދަނުކުރާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

ނޫސްވެރިންނާއި ބައްދަލަުކޮށް ވާހަކަދައްކަވަމުން ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް ވިދާޅުވީ އެ ތިން ދާއިރާގައި އެޕަޓީގެ ޕްރައިމެރީ ނުބާއްވާނެކަމަށެވެ. އަދި އެ ދާއިރާތައް ޕާޓީތަކުގެ ލީޑަރުންނަށް ދޫކޮށްލީ އެބޭފުޅުންނަށް އިހްތިރާމުކުރުމުގެ ގޮތުންކަމަށެވެ.

މިދައުރު މާމިގިލީ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ގާސިމް މި ފަހަރުވެސް ވާދަކުރައްވަނީ ހަމަ އެދާއިރާއަށެވެ. ސިޔާމްވެސް ވާދަކުރައްވަނީ މިހާރު ހުންނެވި ދ. މީދޫ ދާއިރާއަށެވެ. ނާޒިމް މިހާރު ތަމްސީލުކުރައްވަނީ ދަނގެތީ ދާއީރާއެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކޮށް ދަނގެތި ދާއިރާގެ ގޮނޑި ކަށަވަރުކުރި ނާޒިމް މިފަހަރު ނުކުންނަވަނީ މާލޭގެ މާފަންނު އުތުރު ދާއިރާއަށެވެ. 

ރިޔާސީ އިންތިހާބުގެ ފުަތަމަ ބުރުގައި ސިޔާމްގެ އެމްޑީއޭ އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރުނަމަވެސް ދެވަނަ ބުރުގައި ކޮޅު ބަދަލުކޮށް  ޑރ.މުހައްމަދު މުއިއްޒަށް ތާއީދުކުރިއެވެ. ދެވަނަ ބުރުގައި ނާޒިމްގެ އެމްއެންޕީވެސް ތާއީދުކުރީ މުއިއްޒުއަށެވެ. ގާސިމް އެއްވެސް ޕާޓީއަކާ ތާއިދުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ޕީޕީއެމް / ޕީއެންސީ ކޯލިޝަނާއި އެކު މަޝްވަރާތައް ވަނީ ބާއްވާފައެވެ.

އަންނަ ރައްޔިތުން މަޖލީހުގައި 93 ދައިރާ ހިމެނެއެވެ. އޭގެތެެރެއިން ޕްރައިމެރީއަކާއި ނުލާ 13 ދާއިރާއެއްގެ ޓިކެޓްވަނީ ކަށަވަރުވެފައެވެ، ޕީޕީއެމް/ ޕީއެންސީގެ މަޖިލިސް ޕްރައިމެރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ޕްރައިމެރީގައި 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް