ads
މާލެ މަގުމަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް: ކުނި މަދުކުރެވިދާނެ ގޮތްތައް ބަލައި އެގޮތަށް އަމަލު ކުރުމަށް އިސްކަންދޭން ޖެހޭ.
ކުނީ މައްސަލަ، ރާއްޖޭގައި ހައްލު ނުކުރެވޭ މައްސަލައެއް؟
މަގުމައްޗަށް ކުނި ކޮތަޅު އެޅުން ނުވަތަ ބެހެއްޓުން މިއީ ރާއްޖޭގެ ވެރިކަން ކުރާ މާލެއިން ފެންނަ ވަރަށް އާއްމުކޮށް ކަމެކެވެ.

ހަމަ އެކަނި ކުނި ކޮތަޅު އެކަޏެއް ނޫނެވެ. ބޯން ގެންގުޅޭ ފެން ފުޅިވެސް ނަގާ މަގުމައްޗަށް އެއްލާލުމަކީ ދިވެހިން ހަމަ އާންމުކޮށް ކޮށް އުޅޭކަމެއް ކަމަށް ފާހަގަ ކޮށްލަން ޖެހެއެވެ. ކުނީގެ ގޮތުގައި މަގުތަކަށް ކުނި އުކުމަކީ ތަހުޒީބު ރައްޔިތެއް ދިރިއުޅޭ މުޖުތަމައުތަކުން މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.

މި ގޮތަށް އެއްލާލާ ފުޅިން ނުވަތަ ޕެކެޓުން އެހެން ރައްޔިތުންނައް ވާ އުދަނގުލާއި ދޭތެރޭ ވިސްނާލުމެއް ނެތި އެ މީހުން ކުރިޔަށްދާތަން ފެންނަނީ މަދުން ނެތް ނޫނެވެ. 

"މަގުމަތީގައި ހިނގާލެވޭ ވަރެއް ނޫން މިހާރު މިކަމާއި ހެދިގެން. މިއޮއް ކުޑަކުޑަ ޕޭމަންޓުގެ ދެފަރާތުގަ މި ހުންނަނީ ބަހައްޓާފަ މި ކުނި ކޮތަޅުތައް. ވާރޭ ކޮޅެއް ވެހިލާ އިރަށް މި އެއްޗެހިން ލީކްވެގެން މި ނިކުންނަނީ މަގުމައްޗަށް. މިކަމާއި ހެދި ބަލިތަކާއި އެއްޗެހި ޖެހޭ މިންވަރު އިތުރު މި ވަނީ. އަދި މަގުތައްވެސް އެހާ ނުތާހިރު ވަނީ." މިކަމާއި ގުޅިގެން ޒުވާނަކު ބުނިއެވެ

މިކަން މިގޮތަށް ނުކުރުމަށް ސަރުކާރުން އަދި އެހެން އިދާރާތަކުން ވެސް އާންމުންނައް އިލްތިމާސް ކުރަމުން އަންނައިރުވެސް ގިނަ މީހުން ހަމަ ކަހާތަން ހިރުވާ ނުލާ ކަހަލައެވެ.

މާލޭގެ މަގުތަކަކީ ކިރިޔާ ވާރޭ ކޮޅެއް ވެހިލިޔަސް ފެންބޮޑުވާ ތަނެކަން އެއީ އެއްވެސް ސައްކެއް އޮތްކަމެއް ނޫނެވެ. މި ގޮތަށް ފެންބޮޑުވެގެން ދާ އިރު މި ގޮތަށް އުކާލާފައި ހުންނަ ކުނިތަކުން ނިކުންނަ ނަޖިސް މުޅި މަގު ތަގައްޔަރު ކުރުމުން ކޮންމެ މީހަކުވެސް އެކަމާއި ގުޅިގެން ކުށްވެރި ކުރާނީ ސަރުކާރެވެ. 

ގިނަ މީހުން ފަރުދީ ޒިންމާ އަދާ ނުކުރާކަމީ ހަމަ އިންތިހާ އަށް ހިތާމަ ކުރަން ޖެހޭ ކަމެއް ނޫންތޯއެވެ. މިކަމާއި ގުޅިގެން އެއްބަޔަކު އަނެއްބަަޔަކާއި ދިމާލަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި ތިމާ ތިމާގެ ފަރުދީ ޒިންމާ އަދާކޮށް މަގުމައްޗަށް ކުނި އެޅުމުގެ ބަދަލުގައި ކައިރީގައި ހުރި ޑަސްބިނައް އޭތި ލީމާ ގައިން ބަޔެއް މަދުވަނީ ތޯ އެއީ ހަމަ އުފެދޭ ސުވާލެކެވެ.

your imageމަގުމަތީގައި ކުނި ކޮތަޅު

މަގުމައްޗަށް ކުށިއެޅުން ހުއްޓުވުމަށް ނުވަތަ ކުނި ކޮތަޅު މަގުމައްަޗަށް އެއްލާލުން ހުައްޓުވުމުގެ ގޮތުން ބޭރުގެ ބައެއް ގައުމުތަކުން ވަނީ އެކަން ކުރާ މީހުނާއި މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި އެވެ.

މިކަމާއި ގުޅިގެން މާލޭ ސިޓީ ގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިކަން ކުރަމުން އަންނަނީ އެއްބަޔެއް ކަމަށާއި މި މީހުންގެ ސަބަބުން ކުށެއްނެތް ރައްޔިތުންގެ ލާރިން މުސާރަ ދީގެން އެތައް ބައިވަރު މީހުންނާއި ކުނި ނެގުމަށް ލޮރީ ބޭނުން ކުރަން ޖެހިފައިވާ ކަމަށެވެ. މިގޮތަށް ކަންތައް ކުރަން ޖެހުމަކީ ވަރަށް ހިތާމަ ހުރިކަމެއް ކަމަށް މޭޔާރު ފާހަގަ ކުރެއްވިއެވެެ.

"އަޅުގަނޑުމެން ފުލުހުންނާއި ގުޅިގެން މިދަނީ މަގުމައްޗަށް ކުނިއަޅާ މީހުން ހޯދުމަށް މަސައްކަތް ކުރަމުން. އަސްލު މަގު މައްޗަށް ކުނި އެޅުމަކީ ގާނޫނީ ކުށެއް. މިކަން މިކުރަނީ 200 އެއްހާ މީހުން 2 ލައްކަ މީހުން އުޅޭތަނެއްގައި. އަސްލު ބޮޑަށް ބެލެވެނީ މިއީ ކައުންސިލަށް ޖެއްސުން ކުރަން ކުރާ ކަމެއްހެން. އަޅުގަނޑު ބޭނުން އާންމު ރައްޔިތުންގެ އެހީ މަގުމައްޗަށް ކުނި އަޅާ މީހުންގެ ވަނަވަރު ހޯދަން. އަދި އަޅުގަނޑު އާންމުންނައް އިލްތިމާސް ކުރަން މަގުމައްޗަށް ކުނި ނޭޅުވުމަށް" މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ސީއެންއެމް އަށް ވިދާޅުވި އެވެ

އެގޮތުން އެމެރިކާގެ 50 އަށް ވުރެން ގިނަ ސްޓޭޓްތަކުގައި މަގުމައްޗަށް ކުނި އަޅަނިކޮށް ފެނިއްޖެ ނަމަ އެ މީހަކު ޖޫރިމަނާ ކޮށް ކޮމިއުނިޓީ ސާވިސް އަށް ނެރުމުގެ ފުރުސަތު އޮތް އިރު، ޔޫކޭގެ މަގުތަކުގެ މައްޗަށް ކުނި އަޅައިފިނަމަ އެންމެ 2500 ޕައުންޑާއި ހަމައަށް އެ މީހަކަށް ޖޫރިމަނާ ކުރެވިގެން ދާ އިރު، އޮސްޓްރޭލިއާގެ މަގުމައްޗަށް ކުނި އަޅާ ކަމުގައި ވަނީ ނަމަ 100 އޮސްޓްރޭލިއަން ޑޮލަރާއި 5000 އޮސްޓްރޭލިއަން ޑޮލަރާ ދެމެދުގެ ޖޫރިމަނާއެއް ކުރެވިގެން ދެއެވެ.

your imageސިޓީ ކައުންސިލް މުވައްޒަފުން ކުނި ނަގަނީ

އޭޝިއާގެ ބައެއް ގައުމުތަކުން މިކަމާއި ގުޅިގެން އަޅާފައި ހުރި ފިޔަވަޅުތަކަށް ބަލާ އިރު އިންޑިޔާގެ އެންވާރަމަންޓަލް ޕްރޮޓެކްޝަން ލޯގެ ދަށުން މަގުމައްޗަށް ކުނި އެޅުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށް ވާއިރު ހޮންކޮންގް އަދި މެލޭޝިއާގައި މަގުމައްޗަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރެ އެވެ. 

ނަމަވެސް ރާއްޖޭގައި މި ފަދަ ކަމެއް މީހަކު ކުރިޔަސް އޭނާ އާއި މެދު ފިޔަވަޅު އެޅުަމަކީ ކުރާކަމެއް ނޫނެވެ. އެންމެ ކުޑަ މިނުން އޭނާ އަށް އެކަން ނުކުރާން ނަސޭހަތް ދިން ނަމަވެސް އޭނާ ދައްކާނީ އޭނާ ލިބިގެންވާ އެކި އެކި ހައްގުތަކުގެ ވާހަކަ އެވެ. މިހެން ވުމުން މި ފަދަ ކަމެއް ކުރާ މީހަކާއި މެދު ފިޔަވަޅު އެޅުމަކީ ރާއްޖޭގައި ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން މިކަމުން ސަލާމަތްވުމަށް ތިމާގެ ފަރުދީ ޒިންމާ ތިމާ އަދާ ކުރުން މާ ރަނގަޅެއް ނޫންތޯ އެއީ ހިތުގައި އުފެދޭ ސުވާލެކެވެ. 

your imageމީހުންދިރިއުޅޭ ރަށްރަށުގައި ބޮލަކަށް ދުވާލަކު ގާތްގަނޑަކަށް ބައި ކިލޯގެ ކުނި އުފައްދާ ކަމަށް ސާވޭތަކުން ދައްކާ.

އަދި އެއް ވާހަކައެވެ. 

ރޯދަ މަސް ބޯމަތިވެގެން އަންނައިރު އެންމެ ބޮޑު ޝަކުވާއަކަށްވީ އަބަދުވެސް އޮންނަނީ ގޭތެރެ ސާފުކުރުމަށް ފަހު ނެރޭ ކުނިތައް މަގުމަތީގައި ބަހައްޓާތީ އެވެ. ރޯދައަށް ގޭތެރެ ސާފުކުރުމަށް ފަހު، ބާ ސޯފާތަކަށް ދާންދެން ނެރެ ބައެއް މީހުން މަގުމައްޗަށް ބަހައްޓަ އެވެ. ބަދިގެތަކުން ނެރޭ ބާކީވާ ކާބޯތަކެއްޗާއި ކުންޏެވެ. 

ކޮންމެ އަހަރެއްގެ ރޯދަ މަހެއްގައި ވެސް އުކާލާ ކުނީގެ މިންވަރު މަތިވެ އެވެ. ގިނައީ ބާކީވެ އުކާލަންޖެހޭ ކާބޯތަކެއްޗެވެ. މިއީ އާއްމުންގެ ސިއްހަތާ ގުޅިފައި އޮތް ކަމެކެވެ. މީގެ ސަބަބުން ސިއްހަތަށާއި ތިމާވެއްޓަށް ބޮޑެތި ނުރައްކާ ވަމުންދެ އެވެ.

ކުނި މަދުކުރެވިދާނެ ގޮތްތައް:

- އެއްޗެހި މަރާމާތުކޮށްގެން އަލުން ބޭނުންކުރުން

- ކޮންމެހެން ބޭނުންވެގެން ނޫނީ އެއްޗެހި ނުގަތުން

- އެއްޗެހި ގަންނައިރު ގިނަ މުއްދަތަކަށް ބޭނުންކުރެވޭ އެއްޗެހި ބަލާ ޗެކްކުރުމަށްފަހު ގަތުން

- އެއްޗެއް ބޭނުން ނެތިގެން އެއްލާލުމުގެ ކުރިން އެހެން މީހަކު އެއްޗެއް ބޭނުންތޯ ބަލާ އެ މީހަކަށް އެއެއްޗެހި ދިނުން.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް