ads
އިންޑިއާގެ ފަތުރުވެރިކަމުގެ ދުވަސް: މަޝްހޫރު ތަރިންގެ ލިސްޓުގައި ރާއްޖެއެއް ނެތް
މިދިޔަ 2023 ވަނަ އަހަރު ނިމުމާއި ހަމައަށް އިންޑިއާގެ ބޮލީވުޑް އަދި މަގުބޫލު ތަރިން ޗުއްޓީ ހޭދަކުރަން ހަދާ ލިސްޓުގެ އެންމެ ކުރީގައި އޮންނަނީ ދިވެހިރާއްޖެއެވެ. ނަތީޖާއެއްގެ ގޮތުން އެ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ލިސްޓުގެ އެއްވަނައިގައި އޮތީ އިންޑިއާއެވެ.
Advertisement

ނަމަވެސް ކޮންމެ އަހަރަކުވެސް އިންޑިއާގައި ފާހަގަކުރާ، "ނެޝަނަލް ޓޫރިޒަމް ޑޭ" މިއަދު ވަނީ އެގައުމުގައި ފާހަގަކޮށްފައެވެ. 

އެދުވަސް ފާހަގަކުރިއު އެގައުމުގެ މަޝްހޫރު ތަރިންގެ ލިސްޓުގައި މިފަހަރު ރާއްޖެއެއް ނުހިމަނައެވެ.

ބައެއް މަޝްހޫރު ތަރިން މިއަދު މިވަނީ އެމީހުން ޗުއްޓީ ހޭދަކުރަން ދާން ބޭނުންވާ ތަންތަނުގެ ވާހަކަ މިއަދު ދައްކާފައެވެ. 

your imageނަރުގިސް ފަޚްރީ

"އިންޑިއާ އަކީ ކުޑަ ޔޫރަޕެއް ފަދަ ތަނެއް، އެތަނުގައި ކޮންމެ ގައުމަކީ އެކަކު އަނެކަކާ ގަޑިއެއްހާއިރު ދުރުގައި އޮންނަ ތަނެއް. އިންޑިއާގައި ކޮންމެ ސްޓޭޓަކީ ވެސް ތަފާތު ސަގާފަތްތަކާއި، ތަފާތު ބަސްތަކާއި، އަޖައިބު ކުރުވަނިވި ކާނާ، އަޖައިބު ކުރުވަނިވި މިއުޒިކް ހިމެނޭ. އެ ހުރިހާ ކަމެއް އެހާ ރީތި އަދި ހޯދަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އިންޑިއާގެ ތެރޭގައި ވެސް ވޭ. އަހަރެން އިންޑިއާގެ ހުރިހާ ހިސާބަކަށް އެހާ ގިނައިން ދަތުރުކުރި ނަމަވެސް އަދިވެސް ހުރިހާ ކަމެއް ނުފޭ. އަދި މިހާރު ދިވެހިރާއްޖެއަ އަކީ އޮޕްޝަނެއް ނޫން ކަމުން މިއަހަރު ދާނީ ކެރެލާގެ ގޮނޑުދޮށްތައް އަޖައިބު ކުރުވަނިވި، ހާއްސަކޮށް އޯމް ބީޗްއަށް،" -ނަރުގިސް ފަޚްރީ-

your imageޝްރިޔާ ސާރަން

"އަންޑަމަން އަކީ ދުނިޔޭގައި ސުވަރުގެ. އެއީ ވަރަށް ރީތި ތަނެއް. އަންޑަމަންގައި އަޅުގަނޑު ސްކޫބާ ޑައިވިން ދަސްކުރިއިރު އެ ތަޖުރިބާ ވަރަށްމުހިންމުވެގެން ދިޔަ. އެ ޖަޒީރާއަކީ ސާފުތާހިރު ޖަޒީރާއެއް އެއްފަރާތުގައި ކަނޑާއި އަނެއްފަރާތުގައި ފެހި ޖަންގައްޔެއް އޮވޭ. އަހަރެން ދެ ފަހަރު އެތަނަށް ގޮސްފިން އަދި ވަރަށް އަވަހަށް އެތަނަށް ދާން އުންމީދު ކުރަން. އަޅުގަނޑު ރެކޮމެންޑް ކުރާނީ އެންމެންނަށްވެސް ފުރުސަތު ލިބިއްޖެނަމަ އެލިފަންޓް ރާދަންގާ ބީޗަށް ޒިޔާރަތް ކުރަން. އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެން ޓޫރިޒަމް ކުރިއެރުވުމަށްޓަކާ އަންޑަމަން އާއި ލަކްޝަދީޕް އަށް ވެސް ފްލައިޓްތައް ފަށާނެކަމަށް. އަންޑަމަން އަބަދުވެސް ވާނީ އަހަރެންގެ ފޭވަރިޓް އަކަށް.،" -ޝްރިޔާ ސާރަން-

your imageކަރިޝްމާ ޓަނާ

"އިންޑިއާގައި އާދަޔާ ހިލާފު ރީތިކަން ލިބިފައިވާ އެތައް މަންޒިލްތަކެއް އެބަ ހުރި. އަހަރެންގެ ދަތުރު ވިޝްލިސްޓުގެ އެންމެ ކުރީގައި އޮތީ ލަކްޝަދީޕް. އަޅުގަނޑު އަދި އެތަނަށް ނުދިޔަ ނަމަވެސް އާ ތަންތަން ހޯދުމަށް ވަރަށް ލޯބިވޭ. ހާއްސަކޮށް މޫދުގައި އަރާމުކޮށްލެވޭނެ ތަންތަނަށް ދާން ވަރަށް ބޭނުން. އެތަނުގެ ފޮޓޯތަކާއި ވީޑިއޯތައް ފެނިފައިވާއިރު ފެންނަނީ ހަމަހިމޭން ގޮތަކަށް. އިންޑިއާގައި ވަރަށް ގިނަ ތަފާތު ތަންތަން ހުރޭ،" -ކަރިޝްމާ ޓަނާ-

your imageޝަމީތާ ޝެޓީ

"އިންޑިއާގައި ޒިޔާރަތް ކުރަން ވަރަށްރީތި ބައެއް ތަންތަނުގެ ތެރޭގައި ގޯއާގެ ގޮނޑުދޮށްތަކާއި، ޖައިޕޫރުގެ މުއްސަނދި ތާރީޚާއި، ކެރެލާގެ މޫދާ، ހިމާޗަލް ނުވަތަ ކަޝްމީރުގެ ރީތި ފަރުބަދަތައް ހިމެނޭ. އަޅުގަނޑުގެ އަމިއްލަ ފޭވަރިޓަކީ ކެރެލާގައި ޗުއްޓީ ހޭދަކުރުން. އެތަނުގެ ފެންގަނޑު ހަމަ އަޖައިބު ކުރުވަނިވި ގޮތަކަށް ރީތި އަދި އެހާ ހަމަހިމޭން. އިންޑިއާގެ ތަފާތު މަންޒަރުތަކާއި ސަގާފަތްތަކާއި ކެއުންތަކުގެ ސަބަބުން މިއީ ރީތި، ޝައުގުވެރި މަންޒިލެއް. އަޅުގަނޑުމެންގެ ތަރިކަތަކުގެ ދިރުމެއް ހުރި ކުލަތަކާއި، ތާރީޚީ އާސާރީ ބިނާތަކާއި، އެންމެ މުހިންމު ކަމަކީ، އަޅުގަނޑުމެންގެ ރައްޔިތުންގެ ހޫނު މެހެމާންދާރީގެ ސަބަބުން އިންޑިއާގައި ޗުއްޓީ ހޭދަކުރުމުގެ ޚާއްޞަ ޝައުޤުވެރިކަމަށް އިތުރު ކަމެއް ގެނެސްދޭ،" -ޝަމީތާ ޝެޓީ-

ކުރިން ރާއްޖޭގެ މޮޅުކަމާއި ރީތިކަމުގެ ވާހަކަ ދެއްކި އިންޑިއާގެ ބައެއް ތަރިން މިހާރު ރާއްޖެއަށްވުރެ އިންޑިއާގައި ޗުއްޓީ ހޭދަކުރުން ރަނގަޅުކަމަށް ބުނަމުން އަންނަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕްއަށް ކުރެއްވި ދަތުރުފުޅަކާއި ގުޅިގެން ދިވެހިރާއްޖޭގެ ތިިން ސްޓޭޓް މިނިސްޓަރަކު އެމަނިކުފާނަށް ނިސްބަތްކޮށް ފުރައްސާރަކޮށް ހެދުމުގެ ސަބަބުން އިންޑިއާގެ ގިނަބަޔަކު ރާއްޖެ ބޮއިކޮޓްކުރުމަށް ގޮވަމުންއަންނާތީއެވެ. ދާދި ފަހުން ބޭއްވި ހަފްލާއެއްގައި އިންޑިއާގެ ބޮޑުވަޒީރު ވަނީ އިންޑިއާގައި ޗުއްޓީހޭދަކުރަން އިސްކަން ދިނުމަށް އެދިލައްވައިފައެވެ. 


50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް