ads
ތިލަމާލެ ބްރިޖުގެ ސަލާމަތީ ގޮތުން ރައްކާތެރިވާނެ: މުއްތަލިބް
ތިލަމާލޭ ބްރިޖްގެ ސަލާމަތީ ގޮތުން ރައްކާތެެރިމާއި މެދު އެއްވެސް މައްސަލައެއް ދިމާނުވާނެކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރުން ކުރިޔަށް ހިންގާ މަޝްރޫއުތަކާއި ގުޅޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ރަސްރަނި ބަގީޗާގައި ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. 

މިދިޔަ ރިޔާސީ ކޭމްޕެއިންގެ ތެރޭގައި އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް / ޕީއެންސީގެ އެކްޓިވްސްޓުން ވަނީ ބްރިޖްގެ ރައްކާތެރިކަމާއި މެދު ސުވާލު އުފައްދާ ބައެއް ވާހަކަތައް އޭރު ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. 

އާއްމުންމަށް ސުވާލުކުރެވޭ ގޮޕތަށް ކުރިޔަށް ގެންދިޔަ މި ފޯރަމްގައި އާއްމު މީހަކުވަނީ ތިލަމާލޭ ބްރިޖްގެ ރައްކާތެރިކަމާއި ރީތިވާނެކަމާއި މެދު ސުވާލު އުފައްދާފައެވެ. އެމީހާގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު މުއްތަލިބް ވިދާޅުވީ މާލެއާއި ވިލިމާލެއާއި ތިލަފުށި އަދި ގުޅިފަޅު ގުޅާލާ ބްރިޖް ސަލާމަތީ ގޮތުން ރައްކާތެރިވާނެކަމަށެވެ. އެހެންނަމަވެސް މަސައްކަތް ނިމޭއިރު ޗައިނާ ސަރުކާރުން ހަދާދިން ސިނަމާލެ ބްރިޖު ހާ ރީތި ނުވެދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. 

your imageތިލަމާލެ ބްރިޖް މަސައްކަތް ކުރިއަށް ދަނީ

ތިލަމާލެ ބްރިޖްގެ އެއްބަސްވުމަށް ކުރީ ސަރުކާރުގެ ފަހުކޮޅު ބަދަލު ގެނެސް، އެ ބުރިޖު ނިންމަން ޖެހޭ ތާރީޚު 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ފަސްކޮށްފައިވާ ކަމަށް މުއްތަލިބް ކުރިން ވަނީ ވިދާޅުވެފައެވެ. އަދި އެ އެއްބަސްވުމަށް ބަދަލު ގެނައީ ބްރިޖްގެ މަސައްކަތަށް ދޭންޖެހޭ ބިމެއް ދީފައި ނެތުމުންކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. ބްރިޖް ނިންމަންޖެހޭ މުއްދަތު ފަސްވިނަމަވެސް ދައްކަންޖެހޭ ފައިސާގެ އަދަދަށް ބަދަލު ނާންނާނެކަން ވަޒީރު މުއްތަލިބް ވަނީ ފާހަގަކުރައްވާފައެވެ. 

މުއްތަލިބް ވިދާޅުވީ ބްރިޖްގެ މަސައްކަތް ލަސްވެގެންދިޔައީ މަސައްކަތް ކުރާ އެފްކޮންސް އަށްް ރާއްޖޭގެ ތިމާވެށްޓާއި މޫސުމާއި އެ ސަރަހައްދުގެ ކަނޑުގެ ފުންމިނާއި އޮއިވަރުގެ ކަންކަކަމުގެ އިތުރުން ތަޖުރިބާ މަދުވީމަ އަންޑައެސްޓިމޭޓް ކުރެވުމުންކަމަށެވެ. އެހެހެންނަމަވެސް އެ ކުންފުންޏަކީ އެ މަސައްކަތް ކުރުމުގެ ފެންވަރު ހުރި ކުންފުންޏެއްކަން މުއްތަލިބް ވަނީ ފާހަގަކުރައްވާފައެވެ. 

your imageތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތެއްގެ ތެރެއިން 

ބްރިޖުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް އަކީ  މި މަސައްކަތުގައި ދުނިޔޭގެ ހަވަނާގައި އޮތް ކުންފުންޏެވެ. އަދި މިފަދަ މަސައްކަތް ކުރުމުގެ ޓްރެކް ރިކޯޑްވެސް އޮތް ކުންފުންޏެކެވެ.

ރާއްޖޭގައި މިހާތަނަށް ހިންގޭ އުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫއުގެ ގޮތުގައި މިދިޔަ ސަރުކާރުން ފެށި ތިލަމާލެ ބްރިޖްގެ މަޝްރޫޢުގެ އަގަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އެވެ. އޭގެތެރެއިން 400 މިލިއަން ޑޮލަރަކީ އިންޑިއަން އެގްޒިމް ބޭންކުގެ ލޯނެކެވެ. އަނެއް 100 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީކަމަށްް ކުރީ ސަރުކާރުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް