ads
ޕްރިޓީ ޒިންޓާ އެނބުރި ސިނަމާއަށް އަންނަނީ
ބޮލީވުޑުގެ ކުރީގެ ފިލްމީ ތަރި ޕްރިޓީ ޒިންޓާ އެނބުރި ސިނަމާއަށް އަންނަން އުޅޭކަމަށް ބައެއް ރިޕޯޓުތައް ބުނެފިއެވެ.

މިގޮތުން އޭނާ އަލުން ސިނަމާއަށް އައުމަށް ނިންމާފައިވަނީ ސަނީ ޑިއޯލްއާއި އެކުކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

"ގަދަރު 2" އިން ލިބުނު ބޮޑު ކާމިޔާބީއަށްފަހު ސަނީ ޑިއޯލްއަކީ ބޮލީވުޑުގައި މިވަގުތު ހުރި އެންމެ ޑިމާންޑު ބޮޑު ތަރިންގެ ތެރެއިން އެކަކެވެ. 

ޕްރިޓީ ޒިންޓާ ވަނީ އޭނާ ފިލްމުކުޅުމާއި ދުރަށް ދިއުމުގެ ކުރިން ސަނީއާއެކު ހަތަރު ފިލްމެއް ކުޅިފައެވެ. ސަނީއާއެކު ޕްރިޓީ އަލުން ކުޅެން ނިންމާފައިވަނީ "ލާހޯރު 1947" ކިޔާ ފިލްމެކެވެ. އެ ފިލްމު ޕްރޮޑިއުސްކުރަނީ އާމިރު ހާންއެވެ. 

ޕްރިޓީ ޒިންޓާ އަކީ މިހާރު ވިޔަފާރިވެރިއެކެވެ.

އިނގިރޭސި އާއި ކްރިމިނަލް ސައިކޮލޮޖީން ޑިގްރީ ހާސިލް ކުރުމަށްފަހު ޒިންޓާ ވަނީ 1998 ވަނަ އަހަރު "ދިލް ސޭ.." އިން އެކްޓިން އަށް ފުރަތަމަ ފަހަރަށް ފެނިގެން ގޮސްފައެވެ.، ހަމަ އެ އަހަރު "ސޮލްޖާ" އިން ރޯލަކުންވެސް ފެނުނެވެ.  މި ޕާފޯމަންސްތަކުގެ ސަބަބުން އެންމެ މޮޅު އަންހެން ޑެބިއުގެ ފިލްމްފޭއާ އެވޯޑް އޭނާއަށް ލިބުނެެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް